ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންތަކެއް ގްްރޫމްކުރި މައްސަލައިގައި ހައްޔަރުކުރި ޓީޗަރަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުންތަކެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި އެކުދިން ގްރޫމްކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ ޓީީޗަރު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެން ޓީޗަރެކެވެ.

އޭނާ ބަންދުން ދޫކޮށްލާފައިވާއިރު، މި މައްސަލައިގެ ތަހުގީގު ނިންމައި މައްސަލައިގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ވަނީ ފޮނުވާފައެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް ފުރަތަމަ އޭނާ 20 ދުވަހަށް ބަންދުކުރެވުނެވެ. އޭގެ ފަހުން އިތުރު 30 ދުވަހަށް ބަންދު މުއްދަތު އިތުރުކުރެވުނެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކޮށްދިނުން އެދި ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

މިފަދަ ސީރިއަސް މައްސަލަތަކުގައި ޝަރީޢަތުން ޙުކުމް ކަނޑައެޅުމުގެ ކުރިން ޝައްކުކުރެވޭ ފަރާތް ބަންދުގައި ބޭތިއްބުމަކީ އާންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: