ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯޕްލޭ އެޕް ޑައުންލޯޑްކޮށްގެން ސްޕާ ސިލޯންގެ ވައުޗަރެއް ހޯދުމުގެ ފުރުސަތު!

އުރީދޫގެ އައު ޕްރޮމޯޝަން: ފޮޓޯ/އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ ގޯޕްލޭ އެޕްލިކޭޝަން ޑައުންލޯޑުކޮށްގެން ސްޕާ ސިލޯންގެ ޑިސްކައުންޓު ވައުޗަރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރޫދޫއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ކުންފުނިން ފަށާފައިވާ މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހާއްސަ ކުރެވިފައިވާ މަސައްކަތްތަކެކަމަށާއި މިއީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ފުރުސަތެއްކަމަށެވެ.

އުރީދޫއިންވަނީ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެޕްލިކޭޝަން ޑައުންލޯޑްކުރައްވާ 10 ކަސްޓަމަރަކަށް ވައުޗަރު ދިނުމަށް ނިންމާފައެވެ. އަދި ޕްރޮމޯޝަންގެ ތެރެއިން 1000 ރުފިޔާގެ އަގުހުރި ވައުޗަރަކާއި 500 ރުފިޔާގެ ވައުޗަރެއް ނަސީބުވެރިންނަށް ލިބިވަޑައިގަންނަވާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

އުރީދޫއިން ފަށާފައިވާ މި ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ޖެހޭނީ އެޕްލިކޭޝަން ޑައުންލޯޑްކުރެއްވުމަށްފަހު ސައިންއަޕް މަރުހަލާ ފުރިހަމަކުރައްވަންކަމަށް އެ ކުންފުނިން ހިއްސާކޮށްފައިވެއެވެ. މި ދެ މަރުހަލާ ފުރިހަމަކުރެއްވުމުން ޕްރޮމޯޝަންގައި އެ ކަސްޓަމަރު ހިމެނިގެންދާނެކަމަށް އުރީދޫއިން ފާހަގަކޮށްފައިވެއެވެ.

އުރީދޫގެ ގޯ ޕްލޭ އެޕްލިކޭޝަނަކީ އެ ކުންފުނިން ދޭ ހިދުމަތްތަކާއި ޕްރޮމޯޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ޕްލެޓްފޯމެކެވެ. އެޕްލިކޭޝަންގެ ބޭނުންކޮށްގެން ރީޗާޖުކުރެއްވުމާއި އެހެނިހެން ހިދުމަތްތައް ލިބިގަތުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: