ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްމަޓީއަށް ރާއްޖެއިން ބޭރަށް ފުރަން ފުރުސަތު ދީފި

ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށްފައިސާ ނެގި، ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އައްމަޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސީލައިފް މައްސަލައިގައި ހިޔާނާތުގެ ދައުވާ ލިބޭ އަހުމަދު މޫސާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދީފިއެވެ.

އަހުމަދު މޫސާގެ މައްޗަށް ކުރެވޭ ދައުވާތަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، ކްރިމިނަލް ކޯޓުންވަނީ އޭނާގެ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް އަމުރުކޮށްފައިވާކަން ހާމަކޮށްފައެވެ. އެގޮތުން އެކަން ކޮށްފައިވަނީ އެހެން މީހަކު ޖާމިނުކުރުމަށްފަހު ރާއްޖެއިން ބޭރަށް ދިއުމަށް އެދި އަހުމަދުގެ ފަރާތުން ހުށައަޅާފައިވުމާއިއެކުކަމަށެވެ. ކޯޓުންވަނީ މިކަމަށް ދައުލަތުގެ ފަރާތުންވެސް ދެކޮޅު ނުހަދާކަން ހިއްސާކޮށްފައެވެ.

ކޯޓުން މައުލޫމާތު ދީފައިވާގޮތުން އަހުމަދުއަށް ރާއްޖެއިން ބޭރަށް ފުރަން ދީފައިވަނީ 14 ދުވަހުގެ މުއްދަތެކެވެ. އެގޮތުން އޭނާއަށް ރާއްޖެއިން ބޭރަށް ފުރޭނެ އިންތިޒާމު އިމިގްރޭޝަނުން ހިމަޖައްސައިދޭ ދުވަހުން ފެށިގެން އެ މުއްދަތު ގުނަން ފަށާނެކަމަށާއި 14 ދުވަސް ހަމަވުމުގެ ކުރިން އެނބުރި އަންނަންޖެހޭނެކަމަށެވެ.

އަހުމަދު މޫސާ(އައްމަޓީ) ގެ މައްޗަށް ކުރާ ދައުވާއަކީ، ސީލައިފް ކުންފުނި މެދުވެރިކޮށް ފްލެޓު އިމާރާތްކުރުމުގެ ނަމުގައި ގިނަ އަދަދެއްގެ މީހުންގެ އަތުން ފައިސާ ނަގައި ހިޔާނާތްތެރިވުމެވެ. މީގެ ކުރިންވެސް އޭނާވަނީ ސިއްހީ ފަރުވާ ހޯދުމުގެ ބޭނުމުގައި ރާއްޖެއިން ބޭރަށް ފުރުމަށް އެދިފައެވެ. އަދި ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކުރުމަށް އަމުރުކުރިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: