ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި އިންވެސްޓްމަންޓު ފުރުސަތުތަކުގެ މައުލޫމާތު ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ވިޔަފާރިވެރިންނާ ހިއްސާކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު އަދި އެވުޒާރާގެ އިސްވެރިންނެވެ.
ޗައިނާގެ ވިޔަފާރިވެރިންތަކެއް ރާއްޖޭގައި ހުރި އިންވެސްޓުމަންޓުތަކުގެ ފުރުސަަތުތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ކުރަމުންދާ ދަތުރުގައި ޝިޔާމު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި، މެރިކަލްޗަރ އަދި ބްލޫ އިކޮނޮމީ ދާއިރާއިން ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްްސާކޮށްފައެވެ.
ޝިޔާމު ވަނީ ސަރުކާރުން މިދާއިރާ ކުރިއެރުވުމަށްކުރަމުންދާ މަސައްކަތްތުގެ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. އެގޮތުން ސްޕޯޓްސް ފިޝިން ބަނދަރުތައް ތަރައްޤީކުރުމުގެ މަސައްކަތާއި، މެރިކަލްޗަރ ސިނާއަތުގެ ދާއިރާއިން މަސައްކަތްތައް ކުރެވެމުންދާކަމަށް ޝިޔާމު ވިދާޅުވިއެވެ.

