ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވައިިފިއެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ސިޓީގައެވެ.
އިސްތިއުފާ ހުށަހަޅުއްވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވި ސިޓީގައި މުއާޒް ވިދާޅުވީ، ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައިނުވާ ކަމަށާއި، ކުރިން އޮތް ބެކްލޮގް އެއްކޮށް ސާފު ކުރެވިފައިނުވާ ކަމަށެވެ.
އޭގެ އިތުރުން، ކުންފުންޏާ ޙަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތްކަންވެސް މުއާޒްގެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ. އެހެންކަމުން ދަރަނި މެނޭޖް ނުކުރެވުނުކަން މުއާޒްގެ ސިޓީން ފާހަގަވެގެންދެއެވެ.

