ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމަށް ނަޖާހު

މުހައްމަދު ނަޖާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް މުހައްމަދު ނަޖާހު އައްޔަނުކޮށްފިއެވެ.

އޭނާ މި މަގާމަށް އައްޔަނު ކުރެއްވީ ޕީސީބީއިންނެވެ. ނަޖާހު ވަނީ 21 އަހަރު ވަންދެން ސިފައިންގޭގައި ހިދުމަތް ކުރައްވައިފައެވެ. އޭނާ ވަނީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާ އިން މާސްޓާސްވެސް ހައްދަވާފައެވެ.

ނަޖާހު މި މަގާމަށް އައްޔަނުކޮށްފައި މިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިސްތިއުފާ ހުށަހަޅުއްވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވި ސިޓީގައި މުއާޒް ވިދާޅުވީ، ކުންފުނީގެ ޚިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓިފައިނުވާ ކަމަށާއި، ކުރިން އޮތް ބެކްލޮގް އެއްކޮށް ސާފު ކުރެވިފައިނުވާ ކަމަށެވެ.

އޭގެ އިތުރުން، ކުންފުންޏާ ޙަވާލުވިއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތްކަންވެސް މުއާޒްގެ ސިޓީގައި ފާހަގަ ކުރައްވާފައިވެއެވެ. އެހެންކަމުން ދަރަނި މެނޭޖް ނުކުރެވުނުކަން މުއާޒްގެ ސިޓީން ފާހަގަވެގެންދެއެވެ.

އޭނާ ވަނީ ކުންފުނީގެ މިހާރުގެ މާލީ ހާލަތާއިއެކު، ކުންފުންނާއިމެދު އަލި މަގެއް ނުފެންނަކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: