ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ސަރުކާރުން ވައްކަމަށް ހިތްވަރު ދިން، ބޭނުންވީ ގައުމު ބަނގުރޫޓު ކުރަން: މަމްދޫހު

ފުނަދޫ ދާއިރާގެ މެމްބަރު މަމްދޫހު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ފުރަތަމަވެސް ވަޑައިގެން ކުރެއްވި މަސައްކަތަކީ ވައްކަން ކުރަން ސަރުކާރު ތެރޭގައި ތިބި ހުރިހާ ވެރިންނާއި ބޮޑުންނަށް ހިތްވަރު ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރަށް ނަތީޖާ ހާސިލް ނުކުރެވި އޮތީ އެމްޑީޕީގެ ސަރުކާރުން ކުރަމުންދިޔަ ވައްކަންތައް އިންތިހާ ދަރަޖައަށް ގޮސްފައި އޮތުމުން ކަމަށެވެ. ދިވެހިރާއްޖޭގެ ތާރީހުގައިވެސް ފުރަތަަ ފަހަރަށް ވެރިއަކު 64 ބިލިއަނުން ރާއްޖެ ދަރުވާލައިފައި ދިޔައިރު ރަށްރަށުގައި ފަށާ ނިމިފައި ހުރި ޕްރޮޖެކްޓު ތަކުގެ ވެސް އެންމެ އަސާސީ ހިދުމަތްތައް ދެވޭނެ ވަރަށްވެސް އެމްޑީޕީގެ ސަރުކާރުގައި މަސައްކަތް ކޮށްފައި ނުވާކަމަށް މަމްދޫހު ވިދާޅުވިއެވެ.

މަމްދޫހު ވިދާޅުވީ އެކަން ނުކުރެވި އޮތް މައިގަނޑު ސަބަބަކީ ސަރުކާރުގެ އެންމެ މަތިން ފެށިގެން ތިރިއަށް ވައްކަން ކުރުމަށް ދޮރުތައް ހުޅުވަމުން އަދި ރައްޔިތުންގެ މާލިއްޔަތު ލޫޓުވަމުން ދިއުން ކަމަށެވެ. އެހެން ނޫންނަމަ އެމްޑީޕީގެ 5 އަހަރުގެ ތެރޭގައި ނެގި ލޯނުތަކާއި، ރާއްޖެއަށް ކޮވިޑާއި ގުޅިގެން ލިބުނު ހިލޭ އެހީ ރައްޔިތުންނަށްޓަކައި ބޭނުން ކުރިނަމަ މިއަދު ރާއްޖޭގައި ނަރުދަމާ ނެތް އެންމެ ނޯންނާނެ ކަމަށެވެ.

”ރައީސް ޞާލިހްގެ ސަރުކާރުން 40 އަހަރާއި ނުބައްދަލު ދަރަނި ނަގައިގެން ކުރި ވައްކަންތަކާއި އެކީގައި ދިވެހިރާއްޖޭގެ އިގްތިޞާދީ މުޅިން ގޯސްކޮށް ދިޔައިރު 2022 ވަނަ އަހަރު ރާއްޖެއަށް ދުނިޔޭގެ މާލީ އެކިއެކި އިދާރާތަކުން ދެމުން ގެންދިޔަ ރައްދުގެ އެއްވެސް އިންޒާރަކަށް އޭރުގެ ސަރުކާރުން ކުޑަވެސް އަޅާލުމެއް ދީފައެއް ނެތް. މިއީ އަޅުގަނޑުމެންނަށް މާޒީގެ ތެރެއިން ވެރިންގެ ތެރެއިން ފެނިގެން ދިޔަ ކަންކަން“

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަމަ އަހަރު ނިމިގެން ދިޔައިރު ފެނިގެން ދިޔަ އެއް ކަމަކީ ދިވެހި ލޮބުވެތި ރައްޔިތުން އެދޭ ގޮތަށް، ދިވެހި ރާއްޖެއަށް ފައިދާ ވާނެ ގޮތަކަށް މުޅި ވެރިކަމުގެ ނިޒާމު ބައްޓަން ކުރައްވަމުންދާކަން ކަމަށް މަމްދޫހު ވިދާޅުވިއެވެ.

ރާއްޖޭގެ ތާރީހުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް މަމްދޫހު ވިދާޅުވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: