ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ކޮޓްންވިލާ، އަހްމަދު ސަފްނީޒް (41 އަހަރު)، ޏ. ފުވައްމުލައް، ދޫޑިގަން، ނިއުވެލީ، މުހައްމަދު އިވާން (23 އަހަރު) އަދި 17 އަހަރުގެ ކުއްޖެކެވެ.

އެމީހުން ހައްޔަރުކުރީ ގ. ސްވިން ބަލައި ފާސްކޮށް ހެރޮއިން ކަމަށް ޝައްކުކުރެވޭ 1 ގްރާމް، މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 0.75 ގްރާމް އަދި ކެނެބިސް ކަމަށް ޝައްކުކުރެވޭ 43.29 ގްރާމް ފެނުމާ ގުޅިގެންނެވެ. މީގެ އިތުރުން 24,110 ރުފިޔާވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ކޯޓުން އެމީހުންގެ ބަންދާއިމެދު މިހާރު ވަނީ ގޮތް ނިންމާފައެވެ. އެގޮތުން ސަފްނީޒް 10 ދުވަހަށް އަދި އިވާން 15 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ 17 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: