ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަޕާނުގެ މަޖިލިސް މެމްބަރަކު މަރުވެއްޖެ

ޖަޕާނުގެ މަޖިލިސް މެމްބަރެއްކަމަށްވާ އުމުރުން 70 އަހަރުގެ ޓޮޝިޔުކި އަޑަޗީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަޕާނުގެ ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުން މަރުވެފައިވަނީ ޖަޕާނުގެ މަޖިލިސް މެމްބަރެއްކަމަށްވާ އުމުރުން 70 އަހަރުގެ ޓޮޝިޔުކި އަޑަޗީއެވެ. އޭނާ މަރުވެފައިވަނީ ކަނޑުމަތީގައި ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކޮށްފައިވާ މެސެޖެއްގައިވެސް ވަނީ ޅ އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޖަޕާނުގެ 70 އަހަރުގެ ފިރިހެން ފަތުރުވެރިއަކު މަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް އޭނާ މޫދުގައި މަރުވެފައި އޮއްވައި ފެނުނު މައްސަލަ 27 ޑިސެމްބަރު ގައި ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަޑަޗީގެ މި ދަތުރުގައި ރަސްމީ ބައެއް މަސައްކަތްތައްވެސް ރޭވިފައި ހުއްޓެވެ.

އޭނާ ވަނީ މީގެ ކުރިން ޖަޕާނުގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗަރ، ޓްރާންސްޕޯޓް އަދި ޓޫރިޒަމްގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ.

އޭނާ މަރުވުމާ ގުޅިގެން ޖަޕާނުގެ ސިޔާސީ ފަރާތްތަކުން ދަނީ ތައުޒިޔާ ކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: