ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) ގެ ކޯޕަރޭޓިވް ސޮސައިޓީ އިފްތިތާޙުކޮށް، ދާއިމީ ހިންގުމުގެ ލައިސަންސް ދޫކުރަން ފަށައިފި އެވެ.
ޔޫއާރުއޭ އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތާއި އެކު، ޔޫއާރުއޭ ގާނޫނުގެ ދަށުން ދާއިމީ ހިންގުމުގެ ލައިސަންސް ދޫކުރަން މިހާރު ވަނީ ފެށިފަ އެވެ. މި ރަސްމިއްޔާތުގައި ޔުޓިލިޓީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދާއިމީ ހިންގުމުގެ ލައިސަންސް ދޫކުރެވުނެވެ.
މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، އެންވައިރޮމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ފާރިޝް ވިދަޅުވީ ކޯޕަރޭޓިވް ސޮސައިޓީ އިފްތިތާޙުކޮށް، ދާއިމީ ހިންގުމުގެ ލައިސަންސް ދޫކުރަން ފެށުމަކީ މަސައްކަތުގައި ކުރިޔަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ސަބަބުން ޔުޓިލިޓީ ހިދުމަތްތައް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް ވިދާޅުވި އެވެ.
2020 ވަނަ އަހަރު ޔޫއާރުއޭ އުފެދި، އޭގެ ފަހުން މި އޮތޯރިޓީން ވަނީ ޔުޓިލިޓީ ދާއިރާ ތަރައްގީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ޔުޓިލިޓީ ޚިދުމަތްތަކުގެ މިންގަނޑުތައް ކަނޑައެޅުމާއި، ހިދުމަތްދޭ ފަރާތްތަކުގެ މަސައްކަތް ބެލެހެއްޓުން ހިމެނެއެވެ.

