ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން މަދުވާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ހަދަނީ!

ސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މުދަލު ޒަކާތް ދެއްކުން މަދުވާ ސަބަބުތައް ދެނެގަތުމަށް އަންނަ އަހަރު ޚާއްސަ ދިރާސާއެއް ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ޒަކާތު ހައުސް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު، ފަޟީލަތުއްޝައިޚް އިއްޒައްދީން އަދްނާންއެވެ.

ފިތުރު ޒަކާތް ދައްކާ މީހުންގެ އަދަދު އިތުރުވިނަމަވެސް މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު މަދު ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކާތް ނުދައްކާ ސީދާ ސަބަބުތައް އަދި މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށާއި އެ ސަބަބުތައް ދެނެގަތުމަށް އަންނަ އަހަރު ދިރާސާއެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ދިރާސާއަކާއި ނުލާ ބައެއް ސަބަބުތަައް ދެނެގަނެވިފައިވާކަމަށް ވިދާޅުވިއެވެ.

އެގޮތުން، މުދަލު ޒަކާތަކީ އިސްލާމް ދީނުގައި ކިހާ މުހިންމު ކަމެއްކަމާމެދު އާންމުން ހޭލުންތެރިވެފައި ނެތުމަކީ މައިގަނޑު ސަބަބެއް ކަމަށް އިއްޒައްދީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: