ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއަށް ކުރި ވިއްސާރައިގައި 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!

މުޅި މާލޭގައި ފެންބޮޑުވެ، ގެތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައި/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާނެކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އިއްޔެ ހެނދުނުން ފެށިގެން މާލެއަށް މެދު ނުކެނޑި ވެހުނު ވާރޭގައި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެކި މަގުތަކުގައި ފެންބޮޑުވިއިރު، ފެނުގެ އަސަރު އެންމެ ބޮޑަށް ކުރީ މާފަންނުގެ ގެތަކަށެވެ.

އެންޑީއެމްއޭ މައުލޫމާތު ދިން ގޮތުގައި ޒަރޫރީ ބޭނުންތަކަށް ދަތިތައް ދިމާވެ އެހީއަށް އެދި 53 ގެއަކުން ރިޕޯޓު ލިބުނެވެ. އަދި ފުލުހުންނާއި ރެޑްކްރެސެންޓު ހިމެނޭ ގޮތަށް ހެދި ރެޕިޑް އެސެސްމަންޓަށް ފަހު އޭގެ ތެރެއިން 36 ގެއެއްގެ މީހުންނަށް އެތަނުގައި އާންމު ދިރިއުޅުމަށް ހުރަސްއެޅިފައި ވާތީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިންކަމަށް ބުންޏެވެ.

އެންޑީއެމްއޭއާއި ފުލުހުން ބުނި ގޮތުގައި ފެންބޮޑުވެގެން އެހީތެރިކަމަށް އެދި 774 ރިޕޯޓު ލިބުނުއިރު، ގެއާއި ފިހާރައަށް ފެން ވަދެ ގެއްލުން ވަމުންދާތީ ވެލި ބަސްތާ ޖަހައިދިނުމަށް އެދި 554 ރިޕޯޓު ވަނީ ލިބިފައެވެ.

ފެނުގެ އަސަރު ކުރި އިމާރާތްތަކުން ފެން ހިންދުމާއި، ވެލި ބަސްތާތައް ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ފުލުހުންނާއި ސިފައިން އަދި ލޯކަލް ގަވަމަންޓް މިނިސްޓްރީއެވެ. އަދި ސްކައުޓުން ވެސް ހަރަކާތްތެރިވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: