ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުންފަތުން ދުރުހެލިވާން ބޭނުންނަމަ މަގު އޮތީ ހުޅުވިފަ!

ނިކޮޓިން ޕެޗް އަދި ގަމްގެ އިސްތިހާރެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެކެވެ. ބޭނުންކުރާ އެއްވެސް މީހަކުވެސް މިކަމާއި ދެކޮޅެއް ނުހަދާނެއެވެ. ހުއްޓާލުމަށް އާއިލާ އަދި ގާތް ތިމާގެ މީހުން އެތައް ފަހަރެއްގެ މަތިން އެދިފައިވުންވެސް އެކަށީގެންވެއެވެ. އެކި ފުރުސަތުތަކުގައި އަމިއްލައަށްވެސް އެ މަގު ހިޔާރުކުރުމަށް ހިތުއަޅާފައިވުންވެސް ވަރަށް ގާތެވެ. ނަމަވެސް އެކަމަކީ ގިނަ މީހުންނަށް އަނގައިން ބުނެލާހާ ފަސޭހަ ކަމަކަށް ނުވުމުން އެ ފިޔަވަޅައިގެން ކުރިއަށް ގޮސްފައިނުވުންވެސް އެކަށީގެންވެއެވެ. \

ހާއްސަ ގޮތެއްގައި އެކަމުގައި ގާތްތިމާގެ މީހުންގެ ކިބައިން ލިބޭ ހިތްވަރުގެ ބަސްތައް ނޫން އެހެން އެހީތެރިކަމެއް ލިބެން ނެތުމުން އެ ދަތުރު ފަށާ ގިނަ މީހުން ނާކާމިޔާބުވެއެވެ. ވަކި ހިއްޕާލާފައިވާ ދުންފަތުގެ ވަބާއިން ސަލާމަތްނުވެވި އުމުރު ދުވަސްވެސް ހޭދަވެގެންދެއެވެ. އެހެންކަމުން މިފަދަ ދަތުރެއްގެ ހިޔާލެއް ކުރައްވާނަމަ މިއަދު ހާސްކަމެއް ނެތި ކުރިއަށް ވަޑައިގެންނެވުމަށް މަގު ކޮށިއްޖެއެވެ.

އާއިލާ އަދި ގާތްތިމާގެ މީހުންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކުގެ އިތުރުން އެކަމަށް ހާއްސަ ސިއްހީ ހިދުމަތް ދިނުމަށް ސަރުކާރަކުން އިސް ނަގައިފިއެވެ. އަދުގެ ހަގީގަތަށް ބަލާއިރު ސިނގިރޭޓަކީ ޖީބަށް ބޮޑު ވޭނެކެވެ. ދުރުހެލި ނުވުމުގެ މާނައަކީ އާއިލާއަށް ކުރަމުންދާ ހަރަދުން ބައެއް އެ ވަބާއަށް ދިނުމެވެ. އެއްވެސް މީހަކު އަނބިދަރިނގެ ބަނޑުފުރާނަ މުއްތިކުރުމަށް އަސަރުތަކެއް ފޯރަން ފުރުސަތު ދޭކަަށް ނޭދޭނެއެވެ. އެހެންކަމުން އެ ވަބާއިން ދުރުހެލިވުން ކިހިނެއްވާނެތޯއެވެ.

ދުރުހެލިވާން އެހީތެރިވެދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންވަނީ އައު ދޮރުތަކެއް ހުޅުވާލާފައެވެ. މީގެ ކުރިންވެސް މި ވަސީލަތްތަކަކީ ހުރި ތަކެތި ނަމަވެސް ދޮރުތައް ހުރީ ބަންދުކުރެވިފައިކަމަށްވުމުން އަތްފޯރާ ފަށުން އިންތިޒާމުކުރެވެން ނެތެވެ.

މިހާރު ހުޅުވިފައިވާ ދޮރުތަކަށް ބަލާއިރު، 24 ގަޑީރު ގުޅާލެވޭނެ ”ކުއިޓް ލައިން“ ފާހަގަކުރެވެއެވެ. މިއީ އެކަމާއި ގުޅޭ މައުލޫމާތު އަދި ނަފްސާނީ އެހީތެރިކަން ލިބިދެވޭނެ ގޮތެއްގެ މަތިން ފަށާފައިވާ މަސައްކަތްތަކެކެވެ. ދެން އޮތީ ސިޒޭޝަން ތެރަޕީއެވެ. އެދިވަޑައިގަންނަވާނަމަ ސަރުކާރުން ތިބީ ހަރަދުކޮށްގެންވެސް ސިއްހީ ދުޅެހެޔޮކަމަށްޓަކައި ތިކުރާ ހަނގުރާމައިގައި ބައިވެރިވާން ތައްޔާރަށެވެ.

ދުނިޔެ ކުރިއަރައިގެންދިއުމާއިއެކު ގިނަ ދިރާސާތަކެއް ކުރެވި ދުންފަތުގެ ގެއްލުންތަކުން އިންސާނުން ދުރުހެލިކުރުމަށްޓަކައި އެކި ވަސީލަތްތައް ބިނާކުރެވިއްޖެއެވެ. މިތަކެއްޗަކީ ކަމަށް ހާއްސަ، ހަގީގަތުގައިވެސް އެ ވަކިތަކުން މިންޖުކޮށްދެވޭނެ ތަކެއްޗެވެ. އެގޮތުން ނިކޮޓިން ގަމް އަދި ޕެޗަކީ އެންމެ މަގުބޫލު ވަސީލަތްތަކުގެ ތެރެއިން ބައެއް ތަކެއްޗެވެ. އެންމެނަށްވެސް ޗުއިންގަމް އެނގޭނެއެވެ. ޕެޗަކީ ގައިގައި ތަތްކޮށްލާ ސްޓިކާއެއްހެން ބިނާކުރެވިފައިވާ އެއްޗެކެވެ. އެއްވެސް މީހަކަށް ނުފެންނަ ސަރަހަދެއްގައި ހަންގަނޑުގައި ތަތްކޮށްލައިގެން އުޅެންވީއެވެ. އާންމު ހަރަކާތްތަކަށް އެއްވެސް ދަތިކަމެއް ނާންނާނެއެވެ. އިރު އިރުކޮޅާ ދުންކޮޅެއް އަރުވާލަން ދާން ޖެހުން ނިމުމަކަށް އައުމުން ވަނީ ފަސޭހައެކެވެ. ދުވާލުން އެތައް ވަގުތުތަކެއް ސަލާމަތްވެގެންދާނެއެވެ. 

މިހާރު ދިވެހިންނަށް މިތަކެތި އާސަންދައިގެ ދަށުން ލިބޭނެއެވެ. މާލެ ސަރަހައްދުން ނަމަ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ދަމަނަވެށިންވެސް ހިދުމަތް ލިބިގަނެވޭނެއެވެ. ކުއިޓްލައިން އަށް ގުޅާލުމުން މައުލޫމާތު ދިންގޮތުން ޕްރައިވެޓް ހޮސްޕިޓަލެއްކަމަށްވާ އޭޑީކޭއިންވެސް މި އިންތިޒާމު ހަމަޖެހިގެންދާނެއެވެ. ބޮޑު ސިންގާ ކިއުއެއްގައި ޖެހެން ޖެހިދާނެތޯ ސުވާލުކުރުމުން އަދި އެހާ ކިއު ބޮޑު ނޫންކަމަށް ހިއްސާކޮށްފައިވާއިރު މި ވަސީލަތްތައް ބޭނުންކުރަން އެންމެ ރަނގަޅީ ޑޮކްޓަރެއްގެ ލަފާގެ މަތިންކަން ދިން މައުލޫމާތުތަކުން އެނގެއެވެ.

ޑޮކްޓަރެއްގެ އިރުޝާދާއިއެކު މި މަގުން ހިންގެންވުން މުހިންމުވެގެން އަންނަނީ ހުއްޓާލުމާއިއެކު މޭގައި އެއްވެފައި ހުންނަ ދަވަތައް ބޭރުވުން ފަދަ ކަންކަން ފާހަގަކުރެވޭނެކަމަށްވުމުންނާއި އެހެން ދަތިތަކެއް ކުރިމަތިވާނަމަ އެކަމަކުންވެސް އަރައިގަތުމަށް ބޭނުންވާ ސިއްހީ އެހީތެރިކަން ލިބިގެންދާނެތީކަން ކުއިޓް ލައިންގެ މައުލޫމާތުތަކުން ސާފުވެއެވެ.

އެހެންކަމުން ދަމަނަވެއްޓަށް ވަޑައިގެން އެޕޮއިންޓުމެންޓެއް ހޯއްދަވައިގެން ޑޮކްޓަރުގެ ލަފާގެ މަތިން އެމީހެއް ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރާއި އެންމެ އެކަށީގެންވާ މިލިގްރާމްއަަށް ނިކޮޓީން ހިމެނޭ ޕެޗާއި ގަމް ލިބިގަނެވޭނެއެވެ. އެންމެ ފުރަތަމަ ފަހަރަށް ދޫކުރާނީ ދެ ހަފްތާއަށް ވާ ތަކެތިކަމަށް މައުލޫމާތު ދިންއިރު އެއަށްފަހު އަނެއްކާވެސް ބޭނުން ޖެހޭނަމަ ލިބޭނެކަމަށާއި ތެރަޕީކުރިއަށް ގެންދާނެ މުއްދަތު ކަނޑައަޅާނީ ޑޮކްޓަރެވެ. ނަމަވެސް މީގެ މާނައަކީ ޑޮކްޓަރު ހިތަށް އެރުމުން ހިދުމަތް ހުއްޓާލުމެއް ނޫނެވެ. ކުއިޓް ލައިނުން މައުލޫމާތު ދިންގޮތުން އެމީހަކަށް ދުންފަތުގެ ވަބާއިން ދުރުހެލިވެވެން ދެން ނުވަތަ މިތަކެތީގެ ބޭނުން ޖެހޭ ހިނދު ލިބޭނެއެވެ. ކަމުގެ އިތުރު މައުލޫމާތު ބޭނުންވެވަޑައިގަންނަވާ ނަމަ 1676 އަށް ގުޅުއްވައިގެން މައުލޫމާތު ހޯއްދެވޭނެއެވެ.

ވަރަށް ގަދަ
46%ވަރަށް ގަދަ 4%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: