ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ތަޙައްމަލް ކުރަމުންދާ ހިތާމައިގައި ބައިވެރިވަން: ޝާހިދު

ކުރީގެ ފޮރިން މިނިސްޓަރ އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިއްސާރައާ ގުޅިގެން ގިނަ ގެތަކަށް ގެއްލުންްވެ، އާންމު ދިރިއުޅުމަށް އަސަރު ކޮށްފައިވާއިރު، އެކަމާ ގުޅިގެން ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތާމައިގައި ބައިވެރިވާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ކުރަމުންއަންނަ ވިއްސާރާގައި ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި އާންމު ދިރިއުޅުން ގިނަ ރަށްރަށުގައި ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުން މިއަދު ތަޙައްމަލް ކުރަމުންދާ ހިތާމައިގައި ބައިވެރިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކައުންސިލު ތަކާއި، އެހެނިހެން އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުގައި އެންމެން ބައިވެރިވެ، އެއްބައެއްގެ ގޮތުގައި އެހީތެރިވަމުން ގެންދިއުމަށް އެދިލައްވާފައެވެ.

ވާރޭ ވެހުމުގެ ސަބަބުން ބައެއް ގެތަކާއި ފިހާރަތަކަށްވެސް ގެއްލުންވެފައިވާއިރު، އެތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ދިވެހި ސިފައިން ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: