ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހު އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ހާފިޡުން ހޯދަނީ

އިސްލާމީ މަރުކަޒު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި، އިމާމުވެ ތަރާވީޙު ނަމާދުކުރާނެ ދިވެހި ހާފިޡުން ހޯދާން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިޢުލާނު ކޮށްފިއެވެ.

ވުޒާރާގެ އިޢުލާނުގައިވާ ގޮތުން، މާލޭގެ މިސްކިތްތަކުގައި އިމާމުވެ، ތަރާވީޙު ނަމާދުކުރާން ބޭނުންވާ ދިވެހި ޙާފިޡުން، އެ ކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، ބޭނުންވާ ލިޔުންތަކާ އެކު، އަންނަ މަހު 20 ވަނަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށަހަޅާން ޖެހޭ ކަމަށެވެ.

ރަށްރަށުގެ މިސްކިތްތަކުގައި ހިފްޡުކޮށް ތަރާވީޙު ނަމާދުކުރާން އެދޭ ދިވެހި ޙާފިޡުން އަންނަ ފެބްރުއަރީ މަހު ހަވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރީން ފޯމު ހުށަހަޅާން ޖެހެއެވެ.

މާލޭގެ މިސްކިތްތަކުގައި ތަރާވީޙު ނަމާދުކުރާން އެދި ފޯމު ހުށަހަޅާން ޖެހޭނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކައުންޓަރަށެވެ. އަދި ރަށްރަށުގައި ނަމަ ފޯމު ހުށަހަޅާން ޖެހޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށެވެ.

ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކަށް ހުށަހަޅާ ފޯމުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރީން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހުށަހަޅަން ޖެހޭނެއެވެ.

ހިފްޡުކޮށް، އިމާމުވެ ތަރާވީޙު ނަމާދުކުރާން އެދޭ ފޯމު ކައުންސިލްގެ އިދާރާތަކުންނާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ދިވެހި ޙާފިޡުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީޙު ނަމާދުކުރާ ކޮންމެ ރެޔަކަށް 500 ރުފިޔާ އެވެ. ފައިސާ ދޫކުރާން ހަމަޖެހިފައިވަނީ ގިނަވެގެން ކޮންމެ މިސްކިތަކަށް ދިވެހި ދެ ޙާފިޡުންނަށެވެ.

މީގެ އިތުރަށް އިސްލާމީ މަރުކަޒާއި ސަލްމާނު ރަސްގެފާނު މިސްކިތުގައި ވެސް ތަރާވީޙު ނަމާދު ކުރާނެ ދިވެހި ޙާފިޒުން ހޯދާން ވަނީ އިއުލާންކޮށްފައެވެ. އެ ދެ މަރުކަޒުގައި ތަރާވީޙު ނަމާދުކުރުމަށް ވެސް ފައިސާ ދޫކުރެވޭނީ ދިވެހި ދެ ޙާފިޡުންނަށް ނަމަވެސް، އެ ދެ މަރުކަޒުގައި އިމާމުވެ ނަމާދުކުރައްވާ ޙާފިޒުންނަށް، ކޮންމެ ރެޔަކަށް 700 ރުފިޔާގެ އެލަވަންސެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: