ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބޯޓެއް ނިލަންދޫ ފަރަށް އަރައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. ބޯޓު ފަރަށް އަރާފައި ވަނީ ނިލަންދޫގެ ހުޅަނގު އުތުރު ފަރާތަށެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން އެފްއެސްއެމްއިން ބުނީ މިހާރު ބޯޓު ފުން ކޮށްފައިވާކަމަށެވެ.
އެފްއެސްއެމްގެ އިތުރު ބޯޓެއް ނިލަންދޫއަށް އައުމުގެ މަގުމަތީގައިވާކަމަށް މައުލޫމާތު ދެއްވިއެވެ.
މި ހާދިސާއާއި ގުޅިގެން ސަންގާއި ވާހަކަދައްކަވަމުން ނިލަންދޫ ކައުންސިލުން ބުނީ ބޯޓު ވަރަށް ބޮޑަށް ފަރަށް އަރާފައިވާކަމަށެވެ. އަދި މިހާތަނަށް ކައުންސިލްގެ އެއްވެސް އެހީއަކަށް އެދިފައި ނެތްކަން ފާހަގަކުރެއްވިއެވެ.
މިއީ ތެޔޮ ހުރި ބޯޓަކަށް ވާތީ އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ދަނީ ބަލަމުންނެވެ.

