ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުހަރު މަރުވި މައްސަލަ: 2 ފުލުހަކަށް ދައުވާކޮށްދޭން އެދިއްޖެ

އާދަމް އަތުހަރު، 32
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގެ ހައްޔަރުގައި ހުއްޓައި އާދަމް އަތުހަރު މަރުވި މައްސަލައާ ގުޅިގެން ދެ ފުލުހަކަށް ދައުވާކޮށްދިނުން އެދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީމް) އިން ޕްރޮސެކިއުޓަރ ޖެނެެރަލް އޮފީސް (ޕީޖީ އޮފީހަށް) ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާކަން ކޮމިޝަނުގެ ތަރުޖަމާނު އަލީ ޒާޖިލް ޝަހީދު ވަނީ ސަންގުއަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

މި މައްސަލައިގައި ފުލުހުންގެ މަސައްކަތާއި މެދު ސުވާލު އުފައްދާ ދެކަމެއް އޮތް އިރު އެއީ އަންހެން މީހާ ސަލާމަތް ކުރުމަށް އަތުހަރުގެ ބޮލަށް މުގުރުން ހަމަލާ ދިން ގޮތާއި، ޖަލު ބަންދުގައި ހުރި އަތުހަރު މޮނީޓާރ ނުކުރުމެވެ.

އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގެ ހައްޔަރުގައި ހުއްޓައި އާދަމް އަތުހަރު މަރުވެފައި ވަނީ ދަންޖެހިގެންކަމަށް އޭނާގެ އޮޓޮޕްސީ ރިޕޯޓުން ދައްކާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ހުރި އަތުހަރު ޖަލު ގޮޅީގައި ދަންޖެހިފައި އޮއްވާ ފެނިގެން ފަރުވާދެމުން ދަނިކޮށް މަރުވީ މިދިިޔަ އަހަރުގެ ސެޕްޓެމްބަރު 2 ގައެވެ. އަތުހަރު މަރުވީ ދަންޖެހިގެން ނޫންކަމަށާއި، އޭނާއަށް ޖަލު ގޮޅީގައި އަނިޔާ ކުރިކަމަށް ތުހުމަތު ކުރެވުމުން ހޯމް މިނިސްޓަރ އަލީ އިހުސާން ވަނީ އަތުހަރު ގޮޅީގެ ސީސީޓީވީ ނޫސްވެރިންނަށް ދައްކާފަ އެވެ.

މީގެ އިތުރުން، ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އަތުހަރުގެ އޮޓޮޕްސީ ރިޕޯޓުގައިވާ ގޮތުގައި މަރުވާން މެދުވެރިވި ސަބަބަކީ ދަންޖެހުން ކަމަށެވެ. މި މައްސަލައިގެ ތަހުގީގުތަކެއް ފުލުހުންނާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ކުރިޔަށް ގެންދާތީ އިތުރު ތަފްސީލެއް ހިއްސާ ކުރެވެން ނެތްކަމަށް ޝިފާއު އޭރު ވަނީ ވިދާޅުވެފައެވެ.

އަތުހަރަކީ މީހަކަށް އަނިޔާއެއް ދީފާނެކަމަށް އިންޒާރު ދީ، އަމިއްލަ މީހާއަށް ޒަހަމް ދީފާނެކަމަށް އިންޒާރު ދިން މީހެއްކަމުން އޭނާ މޮނީޓަރ ކުރަން ޖެހުނު ނަމަވެސް، ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ އަތުހަރު ފުލުހުންނަށް ފެނިފައި ވަނީ 30 މިނެޓު ފަހުންނެވެ. މިއީ ފުލުހުންގެ އިހުމާލެއްކަމަށް ބަހުސްތަކެއް ފަށައި، މައްސަލައިގައި ވަނީ ހިޔާލުތައް ދެކަފިވެފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: