ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝް އަދި ޖަޕާނުން މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ދިވެހި ދަރިވަރުންނަށް ބަންގަލަދޭޝް އަދި ޖަޕާނުގައި މަތީ ތަޢުލީމު ހާޞިލުކުރުމަށް ސްކޮލަޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފިއެވެ.

”ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025“ ގެ ނަމުގައި ބަންގްލަދޭޝްގެ ފަރާތުން ވަނީ ޖުމްލަ 14 ސްކޮލަރޝިޕްގެ ފުރުޞަތެއް ހުޅުވާލައިފައެވެ. މި ސްކޮލަޝިޕްތަކުގެ ތެރޭގައި، 7 ބެޗްލަރސް ޑިގްރީ، 6 އެމްބީބީއެސް އަދި 1 ބީޑީއެސްގެ ފުރުޞަތު ހިމެނެއެވެ.

ޖަޕާންގެ ”ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް 2025“ ގެ ދަށުން 24 ޔުނިވާސިޓީއެއްގެ މާސްޓަރސް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ. މި ސްކޮލަރޝިޕަށް ހުށަހަޅާ ފަރާތުގެ ޝަރުތުތަކުގެ ތެރޭގައި، ޑުއަލް ސިޓިޒަންޝިޕް އޮތް ފަރާތެއްކަމުގައި ނުވުން، އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގެ 3 އަހަރު ކުރިން ބެޗްލަރސް ޑިގްރީ ހާޞިލުކޮއްފައިވުން، ހުށަހަޅާ ޕްރޮގްރާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ވޯލްޑް ބޭންކްގެ މުވައްޒަފެއްކަމުގައި ނުވުން ހިމެނެއެވެ.

”ސާކް ސްކޮލަރޝިޕް އެމްބީބީއެސް/ބީޑީއެސް ސްކޮލަރޝިޕް ޕްރޮގްރާމް 2024-2025“ އަށް ހުށަހެޅުމުގެ ސުންގަނޑި އަކީ 14 ޖަނަވަރީ 2025 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. މީގެ އިތުރުން، ”ޖޮއިންޓް ޖަޕާން/ ވޯލްޑް ބޭންކް ގްރެޖުއޭޓް ސްކޮލަރޝިޕް ޕްރޮގްރާމް 2025″ގެ ފުރުތަމަ ސުންގަނޑި އަކީ 13 ޖަނަވަރީ އިން ފެށިގެން 28 ފެބްރުއަރީ 2025 ގެ ނިޔަލަށެވެ. އަދި މި ފުރުޞަތުގެ ދެ ވަނަ ސުންގަނޑި އަކީ 25 މާރިޗް 2025 އިން ފެށިގެން 23 މެއި 2025 ގެ ނިޔަލަށެވެ.

މި ސްކޮލަރޝިޕްތަކުގެ އިތުރު މަޢުލުމާތު ހޯދުމަށް މިނިސްޓްރީގެ ގެޒެޓްގައި ޝާޢިއުކޮއްފައިވާ އިޢުލާނުތަށް މެދުވެރިކޮށް ނުވަތަ 1474 ގުޅުއްވައިގެން އަދި އީމެއިލް ކުރައްވައިގެން ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: