ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރުގެ އަތޮޅުތަކަށް ވައި ނުސާފުވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދުންފުހުގެ ސަބަބުން އުތުރުގެ އަތޮޅުތަކަށް މިހާރު ވަރަށް ބޮޑަށް ވައި ނުސާފުވެފައިވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ވަނީ ގާތްގަނޑަކަށް ތިން ކިލޯމީޓަރަށް ދަށްވެފައި ކަމަށެވެ. މި ހާލަތު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ލަފާކުރެއެވެ.

އިއްޔެއަކީ މާލެ ސަރަހައްދުގެ ޖައްވު ވަރަށް ބޮޑަށް ނުސާފު ދުވަހެއް ކަމަށް ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާފައިވެއެވެ.

ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސްގެ ކެމްޕަސް އިމާރާތުގައި ބަހައްޓާފައިވާ އެއާ ކޮލިޓީ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން، މި ސަރަހައްދުގެ ވައިގެ ކޮލިޓީ މި ވަގުތު ހުރީ 107 ގަ އެވެ. އިއްޔެ 11:00 ގެ ކުރިން ހުރީ އެ އަށް ވުރެ ވެސް މަތީގަ އެވެ.

އެއީ ސިއްހަތަށް ނުރައްކާވާ މިންވަރެކެވެ. އެ މިންވަރުގައި ހުންނަ ނަމަ ހައި ރިސްކް މީހުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. އެހެންވެ، ބޭރަށް ދާއިރު މާސްކު އަޅަން އިރުޝާދު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: