ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - (ފޮޓޯ: ސަންގު ފައިލް ފޮޓޯ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 09:45 ހާއިރު ކަމަށެވެ. އެގޮތުން އެކްސިޑެންޓު ހިނގާފައިވަނީ ކާރު ގޮސް ރޯޑް ޑިވައިޑަރތަކާއި ވޭނެއްގައި ޖެހުމަށްފަހު، ޕިކަޕެއްގެ ފަހަތުގައި ޖެހިގެންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެއާޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމާ ގުޅިގެން ފުލުހުން ސީންގައި ޙަރަކާތްތެރިވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ކާރުގެ ފަހަތުގައި އިން މީހާއަށް އަނިޔާވެގެން އެއާޕޯޓް ކްލިނިކްގައި ފަރުވާދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއްވެފައި ނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: