ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްކުރުވުމަށްފަހު، ކުންފުނިތަކަށް ނުދީ ހުރި 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރަން ފަށައިފިން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ދޫކުރަން ފަށާފައިވާކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުހައްމަދު މުއިއްްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުވަދުއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހޯނޑެއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާޙަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގޮތުގައި މިހެން ދައްކަން ޖެހޭ ފައިސާގެ ތެރޭގައި 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނެއެވެ.

ސަރުކާރުން ކޮށްފަ ހުރި މަސައްކަތްތަކަށް ދައްކަންޖެހޭ 500 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދިވެހި އެކިއެކި ކުންފުނިތަކަށް މިހާރުވެސް ފިނޭންސް މިނިސްޓްރީއިން ދޫކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރޯދައިގެ ކުރިން ސަރުކާރު ކުންފުނިތަކަށް ދޭން ޖެހޭ ފައިސާވެސް ދޫކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

އެގޮތުން ކުރީ ސަރުކާރުގެ ދުވަސްވަރު ފެނަކަ، އާރްޑީސީ، އެމްޓީސީސީ، ވެމްކޯފަދަ ކުންފުނިތަކުން ކޮށްފައި ހުރި މަސައްކަތްކަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ހުރީ އެކުންފުނިތައް މިސް މެނޭޖުކޮށްފައި ހުރިލެއް ބޮޑުކަމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގައުމު ދަރަނިވެރިވެ ދިޔަނުދީ ހިފެހެއްޓުމަށްކަމަށާއި، އަދި އެއްވެސް ވަރަކަށް ފައިސާ ޗާޕު ނުކުރާނެކަމަށް ރައިސް ވިދާޅުވިއެވެ. ފައިސާގެ އަގު ހިފެހެއްޓުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއިން ބޭރަށް ދައްކަން ޖެހޭ ދަރަނިތައްވެސް ދެއްކުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.

މި ހުރިހާކަމަކާއިއެކު ގައުމަށް ތަރައްގީ ގެނައުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: