ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރެވިގެން ދާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހިނގާ 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރެވިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިވަގުތު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ގދ. ނަޑެއްލާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ގިނަ ވައުދުތަކެއްވެ މެނިފެސްޓޯއަކާއި އެކުކަމަށެވެ. އެހެން ނަމަވެސް ވެރިކަމުގެ އެއް އަހަރުގެ ތެރޭގައި އެތައް ސިޔާސަތެއް ތަންފީޒު ކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހުނީ، އެމްޑީޕީގެ ސަރުކާރުގައި އޮތް އެ ޕާޓީގެ ސުޕަ މެޖޯރިޓީ މަޖިލީހުން ޖެއްސުން ކުރުމުގެ ގޮތުން ބަޖެޓު ފާސްކޮށްދިނުމުގައި ގޯސްތަކެއް ހެދުމުން ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ހިދުމަތްތައް ދޭން މި އަހަރު ފަށާނެކަމަށެވެ. އެގޮތުން ރަށްތަކުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް، ގާނޫނާއި ގަވައިދުތައް ތަންފީޒު ކުރެވި ކުށްތައް މަދު ކުރުން ރައީސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައީސް ވަނީ، ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް މި އަހަރުގައި ފަށައި ހުރިހާ ރަށެއްގައި ވެސް އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ފެށިގެން ދާނެކަމަށް ވިދާޅުވެފަ އެވެ.

”މި ފެށިގެންދާ އަހަރުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމުވެގެން ދާނެ.. ތަރުތީބުވެގެން ހަމަ ހުރިހާ ރަށެއްގައި ވެސް އޭޓީއެމް ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ.. އެހެންވީމަ އެކަން އޭޓީއެމް ނެތް ހުރިހާ ރަށެއްގައި ވެސް ވާނެ..“ ރައީސް މުއިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ ރަށްތަކަށް ކުރައްވާ މިފަދަ ދަތުރުތަކުގެ ތެރެއިން ރައްޔިތުންނާއި ބައްދަލު ކުރައްވައި ކަންބޮޑުވުންތައް އަޑުއަހައި އެކަމެއް ހައްލު ކުރުން ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ބޭނުންވާ އެހެނިހެން ތަރައްގީއަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭނެކަމަށެވެ. އެގޮތުން ބަނދަރު ހެދުމުގެ މަސައްކަތްތަކާއި، މަގު ހެދުން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އެ ރަށަކަށް ބޭނުންވާ ހިދުމަތްތައް އިތުރާ ފުޅާ ކުރުމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

އޭޓީއެމްތައް ބެހެއްޓުމާއި ގުޅޭގޮތުން ރައީސް ވާހަކަފުޅު ދެއްކެވި އިރު، ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ރަށްތަކުގައި ޑޮލަރު އޭޓީއެމް ވެސް ބެހެއްޓުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: