ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮޓޯއަށް ބަދަލު ގެނެސްގެން ޕާޓީތަކުގެ މެމްބާޝިޕް ފޯމުތައް ހުށަހަޅާފައިވޭ: އީސީ

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުން ހުށަހަޅާ ފޯމުތަކުގައި ފޮޓޯތަކަށް ބަދަލު ގެނެސްފައި، ވަގު ފޯމުތައް ހުށަހެޅުމާއި އެހެން މީހެއްގެ ފިންގަރ ޕްރިންޓް ޖަހާކަން ފާހަގަކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް އަހަރެއް ފުރުމާއި ދިމާކޮށް، ވެރިކަން ކުރާ ޕީއެންސީ ޕާޓީއަށް އެއްލަކަ މެމްބަރުން ހަމަކުރުމަށް ބޮޑު ހަރަކާތެއް ކުރިޔަށް ގެންގޮސްފައި ވަނިކޮށް މިފަހުން ފެންމަތިވީ އޮޅުވާލައިގެން ގިނަ ބަޔަކު އެ ޕާޓީއަށް ވައްދާފައިވާކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރި ޕޯސްޓުތަކުގައި ވަނީ އެ މީހުންގެ ނަމުގައި ފޯމުތައް ހުށަހަޅައި އެހެން ބައެއްގެ ފޮޓޯ ޖަހާފައިވާކަމަށް ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތުތައް ޕީއެންސީ ދޮގުކޮށްފައިވާއިރު، އެމްޑީޕީ ވަނީ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފަ އެވެ.

މި މައްސަލައިގައި ”ސަންގު“ އާއި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ ވަގު ފޯމުތައް ހުށަހެޅުމަކީ ޒަމާނުއްސުރެ ފެށިގެން ފާހަގަކުރެވެމުން އައި މައްސަލައެއްކަމަށެވެ. އެގޮތުން މިވޭތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ކޮމިޝަނުން ހުށަހަޅައިގެންނާއި އެކި ގޮތްގޮތުން އިސްލާހުތައް ގެނެވުނު ނަމަވެސް އައު ގޮތްތަކެއް ހޯދައި ވަގު ފޯމު ހުށަހަޅާކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ ގާނޫނަށް ކޮންމެ ފަހަރަކު ބަދަލުތަކެއް ގެނައުމާއި އެކު، ޕާޓީތަކަށް މީހުން ވެއްދުމަށް ފޯމު ފުރައި ކޮމިޝަނުން ގެނައި ބަދަލުތައް ބައިޕާސްކުރާކަން ފާހަގަކުރެއްވިފައިވާކަމަށެވެ.

”މިއީ ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ އޮތް މައްސަލައެއް.. މި ހިނގައިދިޔަ މާޒީއާއި އެއްކޮށް އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާގައި ވަރަށް ގިނަ ބަދަލުތަކެއް ގެނެސް އެކަން އިސްލާހު ކުރުމަށްޓަކައި އެކި ދުވަސްވަރު މަތީން އިލެކްޝަންސް ކޮމިޝަނުން ގެނެސްފައި އެބަހުރި.. ކޮންމެ ފަހަރަކު ވެސް އަޅުގަނޑުމެން އަޅާ ފިޔަވަޅުތައް ބެލުމަށްފަހު ފޯމުގެ މަސައްކަތް ކުރާ އެކިއެކި އެކްޓިވިސްޓުން އެކިއެކި ފަރާތްތަކުން އައު ގޮތްތަކެއް ހޯދައިގެން އަޅުގަނޑުމެން ސެކިއުރިޓީގެ ގޮތުން ގެނެސްފައި ހުރި ކަންކަން ބައިޕާސް ކުރުމަށްފަހު ނޭނގި ރެޖިސްޓްރީ ކުރުމަށްފަހު އެބަ ފޯމުތައް ހުށަހަޅާ..“ ޒަކަރިއްޔާ

ސިޔާސީ ޕާޓީތަކުން މެމްބާޝިޕް ޑްރައިވް ހަރަކާތްތައް ކުރިޔަށް ގެންގޮސް ފޯމުތައް ހުށަހަޅަނީ، ޒަކަރިއްޔާ ވިދާޅުވި ގޮތުގައި އާންމު ގޮތެއްގައި އަހަރު ނިމުމާއި ގާތްކޮށެވެ. އޭގެ ސަބަބަކީ 10،000 މެމްބަރުން ހަމަކޮށް ޕާޓީއަށް ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާ އިތުރު ކުރުން ނުވަތަ 3000 މެމްބަރުން ހަމަނުވާ ޕާޓީތަކުން އެ އަދަދު ހަމަކުރުންކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

މިފަހުން ކޮމިޝަނަށް ލިބުނު ޝަކުވާތަކެއްގެ ގޮތުގައި ޒަކަރިއްޔާ ވިދާޅުވީ މީހާގެ މައުލޫމާތުތައް ފުރިހަމަ ކުރުމަށް ފަހު ގޯސް ފޮޓޯއެއް ޖެހުމެވެ.

ޒަކަރިއްޔާ ވިދާޅުވީ މިއީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މައްސަލައެއް ނޫންކަމަށާއި، ހުރިހާ ސިޔާސީ ޕާޓީއެއްގައި ވެސް މި ޝަކުވާ އެބައޮތްކަމަށެވެ.

”މިފަހުން އަޅުގަނޑުމެންނަށް އައި ޝަކުވާއަކީ ފޮޓޯއަށް އެކި ކަހަލަ ބަދަލުތައް ގެނެސްގެން ހުށަހެޅުމާއި އާންމުކޮށް އަޅުގަނޑުމެންގެ ފޯމުގައި އައިޑީކާޑުގައި އިންނަ ސޮއި ކުރާކަށް މަޖުބޫރެއް ނުވާނެ.. އައިޑީކާޑުގައި އިންނަ ސޮއި ކުރުން ލާޒިމުކަމަކަށް ނުވާތީ ހަމަ ސޮއިކޮށްލާފައި މި ހުށަހަޅަނީ.. އަޅުގަނޑުމެންގެ ހުރި ރިސޯސްއާއި ދައުލަތުގެ އެހެނިހެން ރިސޯސްތަކަށް ބަލާއިރު އިލެކްޝަންސް ކޮމިޝަނަކަށް ކަށަވަރެއް ނުކުރެވޭނެ ފޯމުގައި އެ އިންނަ ފިންގަރ ޕްރިންޓަކީ އެއީ އެފަރާތުގެ ފިންގަރ ޕްރިންޓުތޯ.. އަޅުގަނޑުމެންގެ އެ ވަސީލަތެއް ވެސް ނެތް.. މި ބަލަނީ އެ ފޯމުގައި އިނީ ސާފު ފިންގަރ ޕްރިންޓެއްތޯ..“ ޒަކަރިއްޔާ

ޒަކަރިއްޔާ ވިދާޅުވީ އޮޅުވާލައިގެން ގެންނަ ފޯމުތައް ގިނަ ފަހަރަށް ވެރިފައި ނުކުރެވި ހުންނަކަމަށެވެ. ހާއްސަކޮށް ފުރިހަމަ، ސާފުކޮށް އޮތް ފޯމެއް ނަމަ އެކަން ކުރަން އުނދަގޫކަން ފާހަގަކުރެއްވި އެވެ.

މިފަހުން އައި ޝަކުވާތަކުގައި ފޮޓޯއަށް ބަދަލު ގެނައުމާއި، އެހެން މީހެއްގެ ފިންގަރ ޕްރިންޓް ޖެހުން ހިމެނޭކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

ފޯމުތަކުގެ މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ”ސަންގު“ އަށް ވިދާޅުވީ ނޭނގި ތިއްބައި އެމްޑީޕީގެ ދަފްތަރުން ޕީއެންސީއަށް ބަދަލުވެފައި ވާތީ މި ދެ ދުވަހެއްގެ ތެރޭގައި ވަރަށް ގިނަ ޝަކުވާތައް ލިބިފައިވާކަމަށެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއްކަމަށް ފައްޔާޒް ވިދާޅުވީ ވެސް، ލިޔެފައިވާ މައުލޫމާތުތަކުގައިވާ މީހާ ނޫން އެހެން މީހެއްގެ ފޮޓޯ ފޯމުގައި ހުރުމެވެ. އަދި އެހެން މީހަކާއި ވައްތަރު މީހުންގެ ފޮޓޯތައް ފޯމުގައި ޖަހައި، ވަގު ފޯމުތައް ހުށަހަޅަމުން ދިއުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 29%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: