ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރުގެ އަނބިކަނބަލުން މެޑަމް ސާޖިދާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރ ހިޒް އެކްސެލެންސީ ކްރިސް ޑޯސަން އޭ.ސީ، އޭ.ޕީ.އެމް.ގެ އަނބިކަނބަލުން ޑެރިލީން ޖޫލީ ޑޯސަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރގެ އަނބިކަނބަލުންނަށް މަރުޙަބާ ވިދާޅުވެ ގަވަރުނަރު ޑޯސަންއާއި އެ ކަމަނާ ދިވެހިރާއްޖޭގައި ހޭދަކުރައްވާ ވަގުތަކީ އުފާވެރި ވަގުތަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ. އެ ކަމަނާ ވަނީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އޮތް ގާތް ގުޅުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ގަވަރުނަރުގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ޒަމާނުއްސުރެ ކުރައްވަމުން ގެންދަވާ މަސައްކަތާއި، ޚާއްޞަގޮތެއްގައި ކުޑަކުދިންނާއި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ވަށާޖެހޭ ތަޢުލީމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއިން އޮސްޓްރޭލިއާއަށް މަތީ ތަޢުލީމު ހާސިލްކުރަން ދާ ކުދިންގެ ނިސްބަތް އިތުރުވަމުން ދިއުމާއި އޮސްޓްރޭލިއާ އެވޯރޑްސް ސްކޮލަރޝިޕާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ގަވަރުނަރުގެ އަނބިކަނބަލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ހައިސިއްޔަތުން މެޑަމް ސާޖިދާ މުޙައްމަދު އަދާކުރައްވާ ދައުރު ފާހަގަކުރައްވައި، ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އެ ކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް ތަޢުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: