އިންޑޮނޭޝިއާ ބްރިކޮސް ބްލޮކްގެ ރަސްމީ މެމްބަރަކަށްވެފައިވާކަމަށް ބްރެޒިލްގެ ސަރުކާރުން ހާމަކޮށްފިއެވެ.
ބޭރުގެ ހަބަރުތަކުން ބުނާ ގޮތުގައި ބްރެޒިލްގެ މި ނިންމުމަކީ، އިޤްތިސާދު ކުރިއަރަމުން އަންނަ ގައުމުތައް އެއްތަނަކަށް ޖަމާކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަަށް ކަނޑައެޅުނު ނިންމުމެކެވެ. މި ބްލޮކުގައި ދުނިޔޭގެ އާބާދީ ބޮޑެތި ގައުމުތައް ހިމެނެއެވެ.
އޭގެތެރޭގައި، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ ހިމެނެއެވެ. އެހެންނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ހުޅަނގުގެ ގައުމުތަކާއި އެއް ހަމަވުމަށް ނިންމި ނިންމުމެކެވެ.
އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބްރިކްސްގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަކީ ސްޓްރެޓީޖިކް ގޮތުން އެއް ގައުމު އަނެއް ގައުމުގެ އަދި ކުރިއަރުމުން އަންނަ ގައުމުތަކުގެ މެެދުގައި އޮތް ގުޅުން އިތުރުކުރުވާނެ ކަމެއް ކަމަށެވެ.
އިންޑޮނޭޝިޢާ އަކީ ދުނިޔޭގެ 4 ވަނަ އަށް އެންމެ ބޮޑު އާބާދީ އޮންނަ ގައުމެވެ. އަދި މީގެ ކުރިންވެސް ބްރިކްސް ބްލޮކުގައި ބައިވެރިވުމަށް ބޭނުންވާކަން އެ ގައުމުން ހާމަކޮށްފައި ވެއެވެ. އެއީ، ތަރައްޤީ ވަމުން އަންނަ ގައުމުތައް ވަރުގަދު ކުރުމުގެ ނިޔަތުގައި ކަމަށް ވެސް ބޭރުގެ ހަބަރުތައް ބުނެއެވެ.
އިރާނާއި، އިތިއޯޕިއާ، އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއާއީ) މިދިޔަ އަހަރު ވަނީ ބްރިކްސްގެ ބްލޮކްގެ މެމްބަރު ގައުމުތަކަށްވެފައެވެ.

