ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ޗީފް އޮފް ޑިފެންސް ޝިޔާމަށް ކުރި ދައުވާތައް ސާބިތު ނުވުމުން ދައުލަތުން ހައިކޯޓަށް!

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން ކުރި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތުނުވުމުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

ޝިޔާމްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ސިފައިންގެ ވީއައިޕީ އިމާރާތެއްގައި ޝިޔާމްގެ ބައްޕަ ބަހައްޓައި އަދި ބައްޕަގެ ކަންކަން ބެލެހެއްޓުމަށް ސިފައިންގެ އޮފިސަރަކު ބެހެއްޓިކަމަށް ބުނެ އެވެ.

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެ މައްސަލަ ފޮނުވީ 2020 ވަނަ އަހަރު އެވެ. މައްސަލައިގައި މިދިޔަ އޮކްޓޯބަރު މަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޝިޔާމްގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތްކަމަށެވެ.

މި ނިންމުން އިސްތިއުނާފު ކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހަޅާފައި ވަނީ ޑިސެމްބަރު މަހުއެވެ. މައްސަލަ ބަލައިގަތުމާއި މެދު ހައިކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.

މައްސަލައިގެ ޝަރީއަތްތައް ކުރިޔަށް ދިޔައިރު ދައުވާއަށް އިންކާރުކޮށް ޝިޔާމް ވިދާޅުވެފައި ވަނީ ދައުލަތަށް އޭނާގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ނުވާކަމަށެވެ. އަދި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅާ ހާލަތެއްގައި ނިކުންނާނީ ގޯސް ނަތީޖާތަކެއްކަމުގައި ވިދާޅުވި އެވެ.

އޭރު މި މައްސަލައިގައި ދައުވާ ވެސް އުފުލާފައި ވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އެންގުމަކަށް އޭސީސީ ހިންގި ތަހުގީގަށް ފަހު އެވެ. އެކަމަކު އޭގެ ކުރިން ކޮމިޝަނުން އޮތީ މައްސަލަ ތަހުގީގުކޮށް ފައިލްކޮށް ކޮރަޕްޝަން އެކުލެވިގެން ނުވާކަމަށް ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: