ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ލަސްވެގެން އޭޕްރީލް މަހުގެ ތެރޭގައި 3000 ޓަނުގެ މަސްކިރާ ފެކްޓްރީގެ އަމަލީ މަސައްކަތް ފެށޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މައިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ މަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއި ކުރެވި، އެންމެ ގިނަވެގެން އޭގެ ދެ މަސްދުވަހުގެ ތެރޭގައި 3000 ޓަނުގެ މަސްކިރާ ފެކްޓްރީގެ އަމަލީ މަސައްކަތް ފީޔޮރީގައި ފަށްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މައިއްޒު ވިދާޅުވެއްޖެއެވެ.

ގދ. ފީޔޮރީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުން ފެށިގެން މިހާހިސާބަށް އައިއިރު ވެވަޑައިގެންނެވި ހުރިހާ ވައުދަކީވެސް ފުއްދުމުގެ ނިޔަތުގައި ވެވަޑައިގެން ވައުތައް ކަމަށާއި އަދި ފުއްދޭނެ ކަމުގެ ޔަގީންކަންވެސް އޮތުމުން ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ގާބޫލު ކުރައްވަނީ ވެވަޑައިގެންފައިވާ ކޮންމެ ވައުދަކީވެސް ފުއްދަން ޖެހޭނެ އެއްޗެއް ކަމުގައެވެ. އަދި އެއީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ފީޔޮރީގައި 3000 ޓަނުގެ މަސްކިރާ ފެކްޓްރީއެއް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި އެކަމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ފެކްޓްރީ އަކީ ދުވާލަކު 100 ޓަނުގެ ދަޅު މަސް ބަންދުކުރާ ކެޕޭސިޓީތައް ހުންނަ ކާރުހާނާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރަށް 3000 ޓަނުގެ މަސް ފިނިކޯށް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖަކާއި އެކު 100 ޓަނުގެ ފިޝްމީލް ޕްލާންޓަކާއި 50 ޓަނުގެ އައިސް ޕްލާންޓެއް ހުންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”ޗައިނާގެ ކުންފުންޏަކާއި އެކުގައި ސޮއިކުރެވި މަސައްކަތް ފެށުމަށް މަސައްކަތް މިކުރަނީ. ފައިނޭންސިން ކަންތައް ހަމަޖައްސައިގެން އެކަން ކުރިއަށް ގެންދަން. މިހާރު ގޮސްފައިވާ ހިސާބުން އެންމެ ލަސްވެގެން އިރާދަކުރެއްވިއްޔާ ފެބްރުއަރީ މަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއި ކުރެވި، އަދި އެންމެ ގިނަވެގެން އޭގެ އެންމެ ދެ މަސްދުވަހުގެ ތެރޭގައި އަމަލީގޮތުން ފެކްޓްރީގެ މަސައްކަތް މިރަށުގައި ފެށޭނެ“

ރައީސް ވިދާޅުވީ ފީޔޮރީގައި ފެކްޓްރީ އެޅުމުން ނަތީޖާއަކަށް ވެގެންދާނީ އެ ސަރަހައްދު ހާއްސަކޮށް މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން ދިއުން ކަމަށެވެ. މަސްވެރިކަމުގެ ސިނާއަތަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިނާއަތް ކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިކަމަކީ ރައީސް އެންމެ ބޮޑު އިސްކަމެއްދޭ އިންޑަސްޓްރީ ކަމަށާއި، ދިވެހީންގެ ލޭނާރު ކަމަށާއި، ދިވެހި އެތައް އާއިލާއެއްގެ ދިރިއުޅުން ބިނާވެފައިވާ އިންޑަސްޓްރީ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަކީ އެތައް ސަރުކާރަކުން އެތައް ވައުދުތަކެއްވެ އެތައް އުންމީދުތަކެއް ވީނަމަވެސް އޭގައި ކުލަ ނުޖެހިވާ ސިނާއަތެއް ކަމަށެވެ. ރައީސް ވިދާޅުވީ އެމަބިކުފާނަށް އެކަން އެނގިވަޑައިގަންނަވާ ކަމަށާއި މަސްވެރިންގެ އަޑު އައްސަވާ ވައުދުވެވަޑައިގަތީ އެ ސަބަބަށްޓަކައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: