ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯންޗެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

ފަތުރުވެރިންތަކެއް/ ފޮޓޯ: ދިޔަރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ދަތުރު ކުރަމުން ދިޔަ ލޯންޗެއް ޖެހި މަރުވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މި ހާދިސާގައި މަރުވެފައި ވަނީ އދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި 55 އަހަރުގެ އާޖެންޓީނާގެ ރައްޔިތެއްކަމަށެވެ.

”އައިކޮމް ގްރީން“ ނަމަކަށް ކިޔާ އެ ލޯންޗުން ޖެހި ފަތުރުވެރިޔާ މަރުވެފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނެވެ. ފުލުހުން ބުނި ގޮތުގައި ފަތުރުވެރިޔާ ގައިގައި ލޯންޗުން ޖެހިފައި ވަނީ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ބޭރުން މޫދުގައި އުޅެނިކޮށެވެ.

ސޯޝަލް މީޑިއާގައި ފަތުރުވެރިޔާ ލޯންޗަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން ފަތުރުވެރިޔާއަށް ބޮޑެތި ސީރިއަސް ޒަހަމްތަކެއް ލިބިފައި ވެއެވެ.

ފުލުހުން ބުނީ އެ މުވައްސަސާއިން މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: