ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަށް ހާއްސަކޮށްގެން ތައިލެންޑްގައި ބޮޑު ޓޫރިޒަމް ރޯޑް ޝޯ އެއް ބާއްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއައި އެޑްވަޓައިޒިންގެ ފަރާތުން އިސް ނަގައިގެން ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ދިވެހިރާއްޖޭގެ ކައުންސިލްތަކަށް ހާއްސަކޮށްގެން ރާއްޖޭގެ ތަފާތު މަންޒިލްތައް ބޭރު ދުނިޔެ އަށް އިޝްތިހާރު ކުރުމަށް ބޮޑު ރޯޑް ޝޯ އެއް ބޭއްވުމަށް ނިންމައިފިއެވެ.

މިރޯޑް ޝޯ ވޭއްވުމަށް ހަމަޖެހިފައި ވަނީ ސެންޓްރަލް ވޯލްޑް ޝޮޕިންގ މޯލް ތެރޭގައެވެ. މިޝޮޕިންގ މޯލްއަކީ ބެންކޮކްގެ އެންމެ މަގުބޫލު އެއް މޯލް އަދި ބެންކޮކަށް ޒިޔާރަތް ކުރާ ގިނަ ފަތުރުވެރިންގެ އިތުރުން ތައިލެންޑްގެ ވަރަށް ގިނަ ރައްޔިތުން ވެސް އެންމެ ގިނައިން އެއްތާކަށް ޒިޔާރާތް ކުރާ އެއް މޯލްއެވެ. އެގޮތުން، މިރޯޑް ޝޯ ބޭއްވުމަށް ހަމަޖެހިފައި މިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 23، 24 އަދި 25 މިތިން ދުވަހުއެވެ.

މީގެ އިތުރުން، ތައިލެންޑްގެ މީޑިއާގައި މިއިވެންޓް އިޝްތިހާރުކޮށް ގިނަ އިންވެސްޓަރުންގެ ޝައުގުވެރިކަން މިކަމަށް އުފެއްދޭނެ ގޮތްތަށް ބަލައި، އިންވެސްޓަރުންނާއި ކައުންސިލްތަކާއި ސީދާ ގުޅިގެން ކުރެވޭނެ ކަންކަންވެސް މިއިވެންޓްގައި މަޝްވަރާ ކުރެވޭނެ މަގުފަހި ކޮށްދިނުން އެއީ ވަރަށް ބޮޑު އަމާޒެކެވެ.

އެމްއައި އެޑްވަޓައިޒިން އިން މިއިވެންޓް ތައިލެންޑްގައި ކުރިޔަށް ގެންދާއިރު މިއިވެންޓްގެ ތައިލެންޑް ޕާޓްނަރެއްގެ ގޮތުގައި ޑޫލައިން އިން ހަރަކާތްތެރިވާނެއެވެ. އިވެންޓް ބޭއްވުމަށް ސެންޓަރަލް ވޯލްޑް އާއި އެކު ވެސް މިހާރު ވަނީ ސޮއި ކުރެވިފައެވެ.

ރާއްޖޭގެ ތަފާތު މަންޒިލްތައް ބޭރު ދުނިޔެ އަށް އިޝްތިހާރު ކުރުމަށް ބާއްވާ މި ރޯޑްޝޯ ގައި މިހާ ތަނަށް ގިނަ ކައުންސިލް ތަކުން ވަނީ ބައިވެރި ވެފައެވެ. އެގޮތުން، މާފުށި، މަތިވެރި، ދިއްފުށި، ފުލިދޫ، ހިއްމަފުށި، ހިންނަވަރު، ދިގުރަށް ކައުންސިލް ގެ އިތިރުން ވެސް ކައުންސިލް ތަށް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: