ފެން ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން، ހިދުމަތް މެދުކެނޑުނު ހިޔާ ފްލެޓުތަކަށް ހިދުމަތް އިއާދަކޮށްފި އެވެ.
ފެން ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ހިދުމަތް މެދުކެނޑިފައި ވާތީ އެމްޑަބްލިއުއެސްސީ ހަރަކާތްތެރިވާން ފެށިކަން އެޗްޑީސީ މައުލޫމާތު ދީފައިވެއެވެ.
ހިޔާ ޓަވަރުގެ ބައެއް ފްލެޓުތަކުން ފެނުގެ ހިދުމަތް މެދުކެނޑުނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ކުންފުނިން ބުނީ ހިޔާ ޓަވަރު 1 އިން 8 އަށް ފެނުގެ ހިދުމަތް މެދުކެނޑުނު ނަމަވެސް މިހާރު މައްސަލަ އަލުން އިޔާދަކޮށްފައިވާކަމަށެވެ.

