ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާން އަޑުއެހުމަށް މަޖިލިސް ދޮށަށް އެއްވުމަށް އެމްޑީޕީން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވާ ދުވަހު، އެ ބަޔާން އަޑުއެހުމަށް ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފިއެވެ.

އެމްޑީޕީގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ޕާޓީން މަޖިލިސް ދޮށަށް އެއްވަނީ ރިޔާސީ ބަޔާން އަޑުއެހުމަށް ކަމަށެވެ. ނަމަވެސް، އެއްވުމަށް ވަކި ގަޑިއެއް އެ ޕޯސްޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.

މިއީ މިހާރުގެ ސަރުކާރު ފެށުނު ފަހުން އެމްޑީޕީން ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ އަޑު އުފުލާ އެތައް ފަހަރެއްގެ ތެރެއިން އެއް ފަހަރެވެ. މީގެ ކުރިން، މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބިދޭ ގޮތަށް ޤާނޫނުއަސާސީ ބަދަލުކުރި ކަމަށް ބުނެ އަދި ފުލެޓާއި ގޯތި ލިބުން ލަސްވާކަމަށް ބުނެވެސް އެމްޑީޕީން ވަނީ މަޖިލިސް ދޮށަށް އެއްވެފައެވެ.

އެމްޑީޕީން ދާދިފަހުން ވަނީ މަގުމަތީގައި ހަރަކާތްތައްވެސް ފަށާފައެވެ. މި ހަރަކާތްތަކުގައި އެމްޑީޕީގެ ލީޑަރޝިޕްވެސް ވަނީ ބައިވެރިވެފައެވެ. މި ހިނގާލުންތަކުގައި ބައެއް މެންބަރުން ވަނީ ރައީސް މުޢިއްޒު އަދި ހޯމް މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާފައެވެ. މިއީ މިހާރުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރިއަށް ގެންދިޔަ އެންމެ ބޮޑު އެއް ހަރަކާތެވެ.

ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައެވެ. މި ބަޔާނުގައި ރައީސް މުޢިއްޒު ވޭތުވެދިޔަ އަހަރުގެ ސަރުކާރުގެ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރުގެ ސަރުކާރުގެ ސިޔާސަތުތަކާއި ޕްލޭންތައް ހާމަކުރައްވާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: