ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދަލު ދިނުމުގެ އުސޫލު ބާތިލުކޮށްފި އެކަމަކު ފުށިދިއްގަރުފަޅުގެ ކޮންޓްރެކްޓަރުންނަށް ބަދަލުދީފި: ޔައުގޫބް

ކުރީގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟
އެމްޑީޕީގެ ވެރިކަމުގައި އެކުލަވާލެވުނު ބަދަލު ދިނުމުގެ އުސޫލު އުވާލުމަށްފަހު، ސަރުކާރުން ފުށިދިއްގަރުފަޅުގެ މަސައްކަތްތަކާ ހަވާލުވި ކޮންޓްރެކްޓަރަށް ބަދަލުގެ ގޮތުގައި މަތީ އަދަދެއް ދީފައިވާކަމަށާއި، މި ފައިސާ ދިނުމަށް އެއްވެސް އެކަށީގެންވާ ސަބަބެއް ނެތްކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށްގެންދާ ”ހަވަރުބެރު“ ޕެނަލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ މެންބަރު ޔައުގޫބް ވަނީ ބަދަލު ދިނުމުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު އުފެދުނުއިރު ބަދަލު ދިނުމުގެ މަސައްކަތްތައް ވަނީ ނިމުމަކަށް އައިސްފައެވެ. އަދި ރަސްމާލެ ޕްރޮޖެކްޓަކީ ޢަމަލީގޮތުން ވުޖޫދުގައި އޮތް މަޝްރޫޢެއް ނޫންކަމަށާއި، އެ ޕްރޮޖެކްޓާ ގުޅިގެން އެއްވެސް ފަރާތަކަށް ދޭންޖެހޭ ފައިސާއެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ޢާންމު އުސޫލުތަކާއި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާ ޚިލާފަށް، ވަކި ފަރާތަކަށް އެ ޕްރޮޖެކްޓު ހަވާލުކުރުމަށްފަހު، އޭގެ ތެރެއިން އެންމެ ފަހުން 375 މިލިއަން ރުފިޔާގެ ބަދަލެއް ނުޙައްޤުން ނަގާފައިވާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ޔައުގޫބް ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމްޑީޕީން އެ ޕްރޮޖެކްޓުގެ ފައިސާ ބަޖެޓުގައި ނުހިމެނި ވާހަކަ އެކި ފުރުޞަތުތަކުގައި ހިއްސާކުރައްވާފައެވެ.

އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޔައުގޫބް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ބަދަލު ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އޭ.ސީ.ސީގެ އިރުޝާދުގެ މަތިން، މަޖިލިސް މެދުވެރިކޮށް ބަދަލު ދިނުމުގެ އުސޫލެއް އެކުލަވާލައިގެން ކަމަށެވެ. މި އުސޫލު މަޖިލީހުން ފާސްވެގެން އައިއިރު، މިހާރުގެ އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމްވެސް ވަނީ ފާސްކުރެއްވުމަށް ވޯޓު ދެއްވާފައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ އެ ކޮމިޓީ އުވާލައި، އުސޫލުތައް ބާޠިލުކޮށްފައިކަމަށާއި، އެއްވެސް އުސޫލެއް ނެތި ފުށިދިއްގަރު ފަޅުގެ ޕްރޮޖެކްޓާ ގުޅުވައި ސަރުކާރުން ބަދަލު ދީފައިވާކަމަށް ޔައުގޫބް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، 77 މިލިއަން ރުފިޔާ ރައްޔިތުންގެ ޓެކްސް ފައިސާއިން ދީފައިވާކަމަށާއި، މި ފައިސާ ދޭންޖެހޭ އެއްވެސް އެކަށީގެންވާ ސަބަބެއް ނެތްކަމަށެވެ.

ޔައުގޫބްގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއަދު އެމްޑީޕީގެ ސަރުކާރުގެ އެއްވެސް ފަރާތެއްގެ މައްސަލައެއް ނުފެނުމުން، ބަދަލު ދިނުމުގެ މައްސަލައާއި އެހެނިހެން ތުހުމަތުތައް ކުރުމަށްފަހު، މިހާރުގެ ސަރުކާރުން މަސައްކަތްކުރަމުންދަނީ މި މައްސަލަތައް ކޯޓަށް ގެންދިއުމަށްކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ރަސްމާލެ ޕްރޮޖެކްޓަށް 400 މިލިއަން ރުފިޔާ ބަޖެޓުކޮށްދިންނަމަ، އެ ފައިސާ އޮތްގޮތަށް އަމިއްލަ ބޭނުމަށް ރައީސް މުޢިއްޒު ނަންގަވާނެކަން އެނގޭތީ، އެމްޑީޕީން އެ ފައިސާ ބަޖެޓުގައި ނުހިމެނީކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: