3.5 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީއިން ހުޅުވާލައިފިއެވެ.
މި ޓީ-ބިލުތަކުގެ ތެރޭގައި:
- 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 925 މިލިއަން ރުފިޔާގެ ޓީ-ބިލު
- 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 630 މިލިއަން ރުފިޔާގެ ޓީ-ބިލު
- 182 ދުވަހުން އަނބުރާ ދެއްކުމަށް 915 މިލިއަން ރުފިޔާގެ ޓީ-ބިލު
- 364 ދުވަހުން އަނބުރާ ދެއްކުމަށް އެއް ބިލިއަން ރުފިޔާގެ ޓީ-ބިލު
މި ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސަތާއާއި ދެމެދުގައެވެ.
2025 ވަނަ އަހަރު ފެށުނު ފަހުން މިއީ ޓީ-ބިލް ވިއްކަން ހުޅުވާލި ތިންވަނަ ފަހަރެވެ.
އާންމު ގޮތެއްގައި މިހެން ހުޅުވާލާ ޓީބިލުތައް ތަނެ، އެ ބިލުތަަކަށް އިންވެސްޓް ކުރަނީ ރާއްޖޭގެ ބައެއް ބޭންކުތަކުންނާއި، ޕެންޝަން އޮފީހުންނާއި، ސަރުކަރުގެ ކުންފުނިތަކުންނެވެ. އަމިއްލަ ކުންފުނިތަކުންވެސް އިންވެސްޓްކޮށްފައި އެބަހުރިއެވެ.
ޓީވބިލު ވިއްކުމަށްފަހު 85.3 ބިލިއަން ރުފިޔާ ނުދައްކާވާކަަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އާންމު ގޮތެއްގައި ޓީބިލު ގަތުމަށް ހުޅުވާލަނީ ހަރަދުތައް ފޫބެއްދުމަށްޓަކައިއެވެ.

