ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސާއި، ނައިބު ރައީސް ބަދަލު ކުރަން ޖެހިއްޖެނަމަ އެކަންވެސް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރާނެ: މުހައްމަދު އިސްމާއީލް

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސާއި، ނައިބު ރައީސް ބަދަލު ކުރަން ޖެހިއްޖެނަމަ އެކަންވެސް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކުރާނެކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒާއި ދެމެދު މައްސަލަތަކެއް ޖެހިފައިވާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. މި ވާހަކަތަކާއިއެކު، އިދިކޮޅު ފަރާތްތަކުން އަންނަނީ އަބްދުލްރަހީމް މަޖިލީހުގެ ރައީސްކަމުން ވަކި ކުރަން އުޅޭކަމަށް ވާހަކަތައް ދައްކަމުންނެވެ. އަދި އެއަށްފަހު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއަށް މަޖިލީހުގެ ރައީސްކަން ދޭނެކަމަށް ބުނެ، ނާޒިމް ހުރީ އެކަމަށް ތައްޔާރަށްކަމަށް ފާހަގަކޮށް ފާޑު ކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

މިކަމާއި ގުޅިގެން މުހައްމަދު އިސްމާއީލް ވިދާޅުވީ، ތިމާޔާ ނުބެހޭ ކަންކަމާ ދުރުވެ ތިބުމަށް މުސްކުޅިންވެސް ބުނެ އުޅޭކަމަށެވެ. ޕީއެންސީގެ ސުޕަރ މެޖޯރިޓީ މަޖިލިސްގައި އޮތްއިރު، ޕާލިމަންޓް ގުރޫޕު އޮތީ ގަދަކޮން އެކަތިގަނޑެންހެން ބަދަހިކަމާއެކުކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. މިކަމާއިމެދު ވާދަވެރިންނަށް ކުރެވޭނެކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އަހަރަކާ ދެމަސްވީ ކޮޓަރިތެރޭ މޮޔަގޮވާތާވެސް އަހަރެއްވީ ކަހާތަން ހިރުވާވެސްނުލާ ކޮޓަރިތެރޭ ބަޔަކު އެއްޗެއް ކިޔާތޯވެސް ކިޔަނީ ކޯންޗެއްތޯވެސް ބެއްލެވުމެއްނެތި ދިވެހި ގައުމަށާ ދިވެހި ރައްޔިތުންނައް ދިމާވެފަހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމުގަ ރެޔާދުވާލް އެގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުން.

މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ސިޔާސަތަކީ މޮޔައިން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކައް ރައްދު ދިނުން ނޫންކަން ސާފުވާން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްނެންގެވުމުގެ މަތިން އުފެއްދި ޕީއެންއެފްގެ އޮފީހުގައި އެމަނިކުފާނަށް ފާޑު ވިދާޅުވާތާ އަހަރަކާ ދެ މަސް ވީކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ މި ވާޙަކަތަކަށް ރައްދު ދިނުމުގެ މަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނައް ދިމާވެފަހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 44%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: