ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކް އޮފް މޯލްޑިވްސް އިން ކ.ގުރައިދޫ ގެއެއް ނީލަމުގައި ވިއްކާލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

 ކ. ގުރައިދޫ ”ވެލި“ ނަމަކަށް ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހާ އިމާރާތްތައް ނީލަމުގައި ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް އިން އިއުލާންކޮށްފިއެވެ.

މި ގޯއްޗަކީ 2،000 އަކަފޫޓުގެ ގޯއްޗެކެވެ. ނީލަން ފެށޭ އަގަކީ 920،500 (ނުވަލައްކަ ވިހިހާސް ފަސްސަތޭކަ) ރުފިޔާއެވެ. ނީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 10 ފެބުރުވަރީ 2025 ވަނަ ދުވަހުގެ 12:00 އެވެ.

މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ނީލަމަށް ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓްގައި އިޢުލާންކުރެވޭނެއެވެ.

ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާން ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން ޖެހިޖެހިގެން 05 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުންނެވެ.

ވަރަށް ގަދަ
24%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 43%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: