ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގއ. ވިލިނގިލީގައި ދެމައިން ނިޔާވި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރަނީ

ހޯމް މިނިސްޓަރ އަލީ އިހުސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ވިލިނގިލީގައި ސިޒޭރިއަން ހެދުމަށްފަހު ދެމައިން ނިޔާވި މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިިހުސާން އެކްސްގައި ހިއްސަކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިގިލީގައި އިއްޔެގެ ވަގުތެއްގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާޢީ ތަހުގީގެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި އިހުމާލުވެފައިވާ މީހަކުވާނަމަ އެ މީހެއް ނުވަތަ ބަޔަކު ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. 

މިމައްސަލައިގައި ސަންގުން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ މި މައްސަލައިގެ ހައްސާސްކަން އަދި ކަންބޮޑުވުން ރައީސްވެސް ފާހަގަކުރެއްވި ކަމަށެވެ.

”މި މައްސަލައިގައި އިހުމާލުވާ ފަރާތެއް އޮތިއްޔާ އަޅަންޖެހޭ ފިޔަވަޅުތައްވެސް އޮންނާނެ، މީހެއްގެ ފުރައިނައިގެ ވާހަކަ މިދައްކަނީ“

މި ތަހުގީގުގައި ސާބިތުކުރަން ބޭނުންވާނެ ކަމަކީ މިއީ އިހުމާލު މަރެއްތޯ ނުވަތަ ނޫންތޯ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން ސުވާލު ކުރަންޖެހޭ ހުރިހާ ފަރާތްތަކާއިވެސް ޕޮލިހުން ސުވާލު ކުރައްވާނެ ކަމަށެވެ.

އެކި މަންސަ ތަކުގައި ރިޕޯޓްކޮށްފައި ވާގޮތުން ޝިއުނާއަށް ކުއްލިއަކަށް ނޭވާލާން އުނދަގޫވެގެން ހޮސްޕިޓަލުގައި އެޑްމިޓުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރެވެ. އޭގެ 24 ގަޑިއިރު ނުވަނީސް އޭނާ ވަނީ ނިޔާވެފަ އެވެ. ނަމަވެސް، އެހާ ހަމައަށް ވެސް އޭނާއަށް ރަނގަޅަށް ފަރުވާ ނުދޭ ކަމަށް އާއިލާއިން ތުހުމަތުކުރާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: