ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ވުޒާރާއަކުން ވެސް ކުރާ މަސައްކަތްތައް ރައީސް ތަފްސީލީ ގޮތެއްގައި ބައްލަވާ: ސައީދު

މިނިސްޓަރ ސައީދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީތަކުން ކުރާ މަސައްކަތްތައް ކެބިނެޓު ބައްދަލުވުންތަކުގައި ރައީސް ޑރ މުހައްމަދު މުއިއްޒު އަކުރުން އަކުރަށް ބައްލަވާކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕެނަލް ބައްދަލުވުމެއްގައި ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ މަސައްކަތްތައް ފެނިގެންދަނީ ވަރަށް އާދަޔާ ހިލާފު ގޮތެއްގެ މަތިންކަމަށެވެ. އެގޮތުން މަސައްކަތްތަކުގައި ގިނަ ވަގުތު ހޭދަކުރައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނު ކުރައްވަމުން ދަނީ ގިނަ މަސައްކަތްތަކެއްކަމަށާއި ކެބިނެޓުގައި ކޮންމެ އާދިއްތަ ދުވަހަކު ވެސް ތަފްސީލީ ގޮތެއްގައި ކަންކަން ބައްލަވާކަމަށެވެ.

ސައީދު ވިދާޅުވީ، ރިޔާސީ ބަޔާނުގެ ގޮތުގައި ދެގަޑިއިރާއި ގާތްކުރާ ވަގުތެއްވަން ދެން ދެއްވި ތަގުރީރަކީ ކޮންމެ ކެބިނެޓު ބައްދަލުވުމެއްގައި ވެސް އެމަނިކުފާނުގެ ފަރާތުން ފެނިގެންދާ މަންޒަރެއްކަމަށެވެ. އެގޮތުން ކޮންމެ ވުޒާރާއަކުން ވެސް ކުރަމުންދާ މަސައްކަތްތައް ކޮންމެ އާދިއްތަ ދުވަހެއްގައި ވެސް ބައްލަވާކަމަށް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ބޭރު ގައުމުތަކާއިއެކު ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން މުއާމަލާތްތައް ވެސް ކުރައްވާކަމަށާއި އެކަމުގެ ތެރެއިން ލުއިތައް ހޯއްދެވޭނެ ގޮތްތައް ދެނެގަތުމަށްޓަކައި މަސައްކަތް ކުރައްވާކަމަށެވެ. ސައީދު ވިދާޅުވީ، މިއީ މަސައްކަތްކުރައްވަން ލިބިވަޑައިގެންނެވި ދެވަނަ ސަރުކާރުކަމަށާއި ނަމަވެސް މިހާ ވިސްނުންތެރިކަމާއިއެކު ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުން ސީދާ ރައީސް އޮފީހުން ސީދާ ރައީސުލްޖުމްހުރިއްޔާގެ ބެއްލެވުމުގެ ދަށުން މަސައްކަތްތައް ކުރެވިގެންދިޔަ މަންޒަރު ފެނިފައި ނުވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި މަޖިލީސް މެމްބަރެއްގެ ގޮތުގައި އެ އިދާރާގެ އިގްތިސާދީ ކޮމިޓީގައި ހަރަކާތްތެރިވެވަޑައިގެންނެވިކަމަށެވެ. އަދި މިފަދަ ކަންކަން ފެނިގެންދާނެ އެހެނިހެން ކޮމިޓީތަކުގައިވެސް މެމްބަރުކަން ކުރެއްވިކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުގެ ކިބައިގައި ހުރި ފަދަ ސިފަތަކެއް އޭރު ނުފެންނަކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: