ހެލްތު މިނިސްޓްރީން މިދިޔަ އަހަރު އިިފްތިތާހު ކުރި ”މިހިސް“ ޕޯޓަލްއިން އާއްމުނަށް އެމީހުންގެ ސިއްހީ އެކި މައުލޫމާތުތަކުގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ހެލްތު މިނިސްޓްރީން މައުލޫމާތު ދެމުން ބުނެފައިވަނީ މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް (މިހިސް) ޕަބްލިކް ޕޯޓަލްއަކީ އާއްމުންނަށް ހުޅުވާލައިގެން އާއްމުންގެ ސިއްހީ މައުލޫމާތުތަކަށް އެކްސެސް ވެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް ކަމަށެވެ. ޕޯޓަލްގެ މައިގަނޑު ބޭނުމަކީ އާއްމުންނަށް އެބޭފުޅުންގެ ސިއްހީ މައުލޫމާތުތަކަށް އެކްސެސް ވެވޭނެ ނިޒާމެއް ގާއިމްކުރުން ކަމަށް ހެލްތުން ވަނީ ބުނެފައެވެ.
މީގެ އެންމެ ބޮޑު މަގްސަދަކީ އާއްމުންނަށް އެމީހުންގެ ސިއްހީ މައުލޫމާތުތަކަށް އެކްސެސް ވެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށް ހެލްތުން ވަނީ ބުނެފައެވެ. އަދި އެ މައުލޫމާތުތައް ބޭނުންކޮށްގެން އާއްމުން ބާރުވެރި ކުރުވުން ކަމަށް ހެލްތުން ވަނީ ބުނެފައެވެ.
މިސާލަކަށް މި ޕޯޓަލްގެތެރޭގައި ހިމެނޭ މައުލޫމާތުގެ ތެރޭގައި ހިމެނޭނެ އިމިއުނައިޒޭޝަންގެ މައުލޫމާތު ތަކާއި ކުޑަކުދިންގެ ގްރޯތް މޮނިޓަރިންގ ނުވަތަ ހެދިބޮޑުވުމާއި ގުޅޭ މައުލޫމާތުތައް. އެހެންވީމަ މި މައުލޫމާތު ތަކަށް އާއްމުންނަށް ނުވަތަ ބެލެނިވެރިންނަށް އެކްސެސް ވުމުން އެބޭފުޅުންނަށް މައުލޫމާތުތައް ބޭނުންކޮށްގެން އިތުރަށް ކުދިންގެ ސިއްހަތާއި ގުޅުންހުރި ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތްކުރުން
ޕޯޓަލްގައި މިވަގުތު ހިމެނިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ކުއްޖާ އުފަންވާއިރު ހިމެނޭ ވެކްސިންއާއި، ކުއްޖާއަށް އެކު އުމުރުފުރާ ތަކުގައި ދެވޭ ވެކްސިންގ ތަކުގެ މައުލޫމާތުތަކާއި، ވެކްސިނޭޝަން ކާޑު ޕޯޓަލް މެދުވެރިކޮށް ޖެނެރޭޓް ކުރެވޭނެ ކަމަށް ހެލްތުން ވަނީ ބުނެފައެވެ. ޕޯޓަލްގައި ހުރި މައުލޫމާތުތައް ވެރިފައި ކުރުމަށް ކިއުއާރު ކޯޑު މެދުވެރިކޮށް ސްކޭންކޮށްލައިގެން ވެރިފައި ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެއިތުރުން ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ މައުލޫމާތާއި، ކުދިން ކިރާއިރު ރެކޯޑު ކުރާ މައުލޫތުތަކުގެ ތެރޭގައި ހިމެނޭ ބަރުދަނާ އަދި ދިގުމިން ގްރޯތު ޗާޓުގެ ގޮތުގައި އާއްމުންނަށް ފެނިގެން ދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

