ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ބަހުގެ އެކެޑަމީން 160 އައު ލަފްޒު ފާސްކޮށްފި!

ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ އަޝްރަފް ޢަބްދުއްރަޙީމް: ފޮޓޯ/ އެކެޑަމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިބަހުގެ އެކެޑަމީން މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އައު 160 ލަފުޒު ފާސްކޮށް އިއުލާނުކޮށްފިއެވެ. މި ލަފުޒުތަކަކީ 2023 އަދި 2024 ވަނަ އަހަރުގެ ތެރޭގައި އެކެޑަމީގެ ބަސްކޮމިޓީން އުފައްދާފައިވާ އައު ލަފްޒުތަކާއި އޭގެ މާނަތަކެވެ.

ދިވެހިބަހުގެ އެކެޑަމީން މީޑިއާތަކަށް ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ތެރޭގައި 88 ލަފުޒާއި މާނަތައް އުފައްދާފައިވާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި 72 ލަފުޒާއި މާނަ އުފައްދާފައިވެއެވެ. މި ލަފުޒުތައް ފާސްކޮށް ރަދީފުކޮށްދެއްވާފައިވަނީ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.

2023 ވަނަ އަހަރު އުފައްދާފައިވާ ލަފުޒުތަކުގެ ތެރޭގައި އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ލަފުޒުތަކާއި، ތަންފީޒީ މަސައްކަތްތަކުގެ ލިޔެކިޔުންތައް އިތުރަށް ފުރިހަމަކުރުަކުރުމަށް ބޭނުންކުރެވޭނެ މުހިންމު ލަފުޒުތައް ހިމެނެއެވެ. މީގެ ތެރޭގައި ”ވަގުތުރޮނގު“ ފަދަ ލަފުޒުތައް ހިމެނެއެވެ. އަދި ސިއްޙީ ދާއިރާއަށާއި ރާއްޖޭގެ އިޤްތިޞާދުގެ ތެރެއިން ފުޅާކުރަމުންދާ ބައެއް ދާއިރާތަކަށް މުހިންމު އައު ލަފުޒުތައްވެސް ހިމެނެއެވެ. މިގޮތުން، ”ނިއުރޯލޮޖީ“ ގެ ބަދަލުގައި ”ނާރިއްޔާތު“ އަދި ”އާޓް ގެލަރީ“ ގެ ބަދަލުގައި ”ފަންނުވެހި“ މި ލަފުޒުތައް ފާސްކޮށްފައިވެއެވެ.

2024 ވަނަ އަހަރުގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއިން ފެނިގެންދާ މަހުގެ ބައެއް ބާވަތްތަކަށްވެސް ނަންތައް ފާސްކޮށްފައިވެއެވެ. މިގޮތުން، ”ބުލް ޝާކް“ އަށް ”ގެރިމިޔަރު“ މި ދިވެހި ލަފުޒު ފާސްކޮށްފައިވެއެވެ. އަދި ”ގެސްޓްހައުސް“ ގެ ބަދަލުގައި ”ފަތުރުވެހި“ މި ލަފުޒު ފާސްކޮށްފައިވެއެވެ. މީގެ އިތުރުން، އައު ލަފުޒުތައް މާނައާއެކު ފާސްކުރުމަށް ”ރަދީފުކުރުން“ މި ލަފުޒު ކަނޑައަޅާފައިވެއެވެ.

މި އައު ލަފުޒުތައް ފާސްކުރުމަކީ ދިވެހިބަސް ދިރުވައި އާލާކުރުމަށާއި، ޒަމާނީ ބޭނުންތަކަށް އަހުލުވެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި ދިވެހިބަހުގެ އެކެޑަމީން ފާހަގަކޮށްފައިވެއެވެ. މި ލަފުޒުތަކުގެ ބޭނުން ހިފުމަށް އާންމުންނަށް ހިތްވަރުދީ، ދިވެހިބަހުގެ ތަރައްޤީއަށް މަގުފަހިކުރުމަށް އެކެޑަމީން ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: