ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ އިންފްލޭޝަން މަތިވާނެ، މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން ޖެހޭ: އައިއެމްއެފް

ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިންފްލޭޝަން މަތިވާނެ ކަމަށް ލަފާކޮށް، މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ގޮވާލައިފިއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި އައިއެމްއެފްގެ ޓީމަކުން ވަނީ ރާއްޖެއަށް އައިސްފައެވެ.

އެއަށްފަހު ނެރުނު ބަޔާނެއްގައި އައިއެމްއެފްއިން ބުނީ މި އަހަރުގެ ތެރޭ ރާއްޖޭގެ އިންފްލޭޝަން 2.3 ޕަސެންޓު މަތިވާނެ ކަމަށެވެ. ކަރަންޓު އެކައުންޓު ޑެފިސިޓް އަދި އެތެރޭގެ ދަރަނިތައްވެސް މަތިވާނެކަމަށް ލަފާކޮށްފައިވެއެވެ. އެހެންކަމުން ސިޔާސަތުތައް ހަރުދަނާކޮށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ބުންޏެވެ.

ރާއްޖޭޣެ އިގްތިސާދީ ހާލަތު ދަށްވުކމުގެ ފުރުސަތު އޮތްކަމަށް އައިއެމްއެފްއިން ފާހަގަކުރި ނަމަވެސް އެ އިދާރާއިން ބުނާ ގޮތުގައި މި އަހަރުގެ ތެރޭ ރާއްޖޭގެ އިގުތިސާދު ފަސް އިންސައްތައިން ކުރިއަރާނެއެވެ. އެއީ މިއަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާނެތީކަމަށް ބުންޏެވެ.

ރާއްޖޭގެ އިގްތިސާދީ ހަލާތާއި ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، މީގެ ކުރިން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖެ ބަނގުރޫޓުވުމުގެ ހާލަތު އެބައޮތްކަމަށް ބުނި ނަމަވެސް މިހާރު އެފަދަ އިންޒާރުތައް ރިޕޯޓުތަކުގައި ނުހުންނާނެކަމަށެވެ.

ޒަމީރު ވިދާޅުވީ ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ޖުމްލަ ދަރަނީގެ އަދަދަކީ 124 ބިލިއަން ރުފިޔާކަމަށެވެ. ދަރަނީގެ 50 އިންސައްތައަށް ވުރެ ބޮޑު އަދަދެއް އެއީ، ކުރީ ސަރުކާރުން އުފެއްދި ދަރަނިކަމުގައި ޒަމީރު ވިދާޅުވި އެވެ.

ދަތިތަކާއި އެކު ވެސް އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައި ވަނީ ޒަމީރު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ހިމަނައިގެންނެވެ.

ރާއްޖެ އިގްތިސާދީ ގޮތުންނާއި، މާލީ ގޮތުން ވެއްޓުނު އަނދަވަޅާއި އެކު ބައިނަލްއަޤުވާމީ އިދާރާތަކުން ދެމުން ގެންދިޔަ އިންޒާރުތައް ފާހަގަކޮށް ޒަމީރު ވިދާޅުވީ ރިޕޯޓުތަކުގައި އެންމެ ގިނައިން ބުނެފައި ވަނީ ބަނގުރޫޓުވެދާނެކަމަށް ބަލައި ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި އެ ހާލަތު ރާއްޖެއަށް އޮތުމާއި އެކު ހަރަދު ކުޑަ ކުރުމަށް ތަކުރާރުކޮށް އިރުޝާދު ދެމުން ގެންދިޔަކަމަށް ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އަހަރެއްގެ ތެރޭގައި މި ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާތައް ފެނި، މިހާރު އައިއެމްއެފްގެ ރިޕޯޓުތަކުގައި ބަނގުރޫޓު ވެދާނެކަމުގެ ހާލަތެއް އޮތްކަމަށް ބުނެފައި ނުވާނެ އެވެ. އެއީ ރަނގަޅު ފިޔަވަޅު އަޅައި، ބައިލެޓްރަލީ އެ ގައުމުތަކާއި ވާހަކަ ދައްކައި ކުރެވުނު މަޝްވަރާތަކަށް ލުއިތަަކެއް ވެސް ލިބިފައިވާތީކަމަށް ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ދަރަނި ދެއްކުމަށްޓަކައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިޔަށްވެސް ޕްލޭންތައް އެކުލަވާލެއްވިކަމަށާއި، މިހާރުވެސް ސިޔާސަތުތައް ރަނގަޅު ކުރެވޭނެ ގޮތެއް ބަލައި އެކަމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

މިދިޔަ އަހަރެއްގެ ތެރޭގައި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނި ރީ ސްޓްރަކްޗަރ ކުރުމަށް ކުރި މަސައްކަތްތައް ޒަމީރު ވިދާޅުވި ކާމިޔާބެވެ. އެހެންވެ މިހާރު ދަރަނީގެ އެއްވެސް ދަތިކަމެއް ނުވަތަ އެ ލޯނުތައް އަނބުރާ ނުދެއްކިދާނެކަމުގެ ކަންބޮޑުވުމެއް ވެސް ނެތްކަމަށް ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ބައިނަލްއަޤުވާމީ މަލީ އިދާރާތަކުން ތަކުރާރުކޮށް އިރުޝާދު ދެމުން ދަނީ، ހަރަދުތައް އަދިވެސް ކުޑަ ކުރުމަށެވެ. އަދި މީގެ ކުރިން އެ އިދާރާތަކުން ފާހަގަކުރާ ފަދަ ބަނގުރޫޓުވެދާނެކަމުގެ ބަސްތައް މިހާރު އެ ރިޕޯޓުތަކުގައި ނުހުންނަކަމަށް ޒަމީރު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: