ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދޭން ހަމަޖެހިފައިވާ މަސް ދަޅު ކޭސް މާލެ ސަރަަހައްދުގައި މާދަމާ ބަހަން ފަށާނެކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައި ވަނީ މާދާއިން ފެށިގެން 28 ފެބްރުއަރީގެ ނިޔަލަށް ކަމަށެވެ.
މަސްދަޅު ކޭސް ބަހަން ހަމަޖެހިފައިވާ ގަޑިތައް:
- މެންދުރުފަހު 14:30 އިން ހަވީރު 16:00 އަށް
- ރޭގަނޑު 20:00 އިން 23:00 އަށް
މަސްދަޅު ކޭސްތައް ބެހުމަށް މާލެ ސަރަހައްދުގައި ޖުމްލަ ފަސް މަރުކަޒެއް ގާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި މާލޭގައި ދެ މަރުކަޒު، ވިލިމާލޭގައި އެއް މަރުކަޒު، އަދި ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގައި މަރުކަޒެއް ހިމެނެއެވެ.
- މާލޭގައި: މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
- ވިލިމާލޭގައި: ވިލިމާލޭ ކައުންސިލް އޮފީސް
- ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިން
- ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

