ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާން މަހަށް ފަހު، ހަ ރަށެއްގައި މިސްކިތް އަޅަން ފަށާނެ!

އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަހާ ފޯރަމް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހަށް ފަހު، ހަ ރަށެއްގައި މިސްކިތް އަޅަން ފަށާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަލަށް މިސްކިތްތައް އަޅާ ރަށްތަށް:

އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ. ބާރަށް އަދި ތ. ވޭމަންޑޫ

ޝަހީމް ވިދާޅުވި ގޮތުގައި މި މިސްކިތްތައް ނިމިގެންދާއިރު، ސޯލާ އާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެއެވެ. އަދި ސްކިތްތަށް ޑިޒައިން ކުރެވިފައިވާނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއެކުކަމަށް ވިދާޅުވިއެވެ.

މިއީ ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

މި މިސްކިތްތައް ޑިޒައިން ކުރާނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާއި ގުޅޭގޮތައްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މިސްކިތްތައް ބިނާކުރަނީ ތިން ސައިޒްއަކަށެވެ. މީގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން، 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތްތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: