ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާދެނީ

ބައެއް ބިދޭސީން ފަރުވާދިނުމަށް ގެންދަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންތަކެއް ކާނާ ވިހަވެގެން ފަރުވާ ހޯދަމުންދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީންގެ ތެރެއިން ބަޔަކު ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ..

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި ވަގުތު 17 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މި ކަމުގައި އަސަރުކޮށްފައިވާ ބިދޭސީންނަށް ވީ އެންމެ އަވަސް ފަރުވާއެއް ފޯރުކޮށްދިނުމަކީ މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރެވެމުންދާ ކަންތައްކަމަށްވެސް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

ހުޅުމާލޭ ޑިޓެންޝަން ފެސިލިޓީގައި ބިދޭސީން ބައިތިއްބަނީ އެ މީހުން ޤަވާއިދާ ޚިލާފުވާ ޙާލަތްތަކުގައި ރާއްޖެއިން ބޭރަށް ޑީޕޯޓުކޮށްލެވެންދެނެވެ. ޑިޓެންޝަން ފެސިލިޓީގައި ޖާގައިގެ ދަތިކަންވެސް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.

މި ޙާދިސާގައި ހިމެނޭ ބިދޭސީން ހޮސްޕިޓަލަށް ގެންދާ މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: