ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރްސީއެމްއިން ބަލަނީ

ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ.
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން ހިއުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.

ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ދާދި ފަހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އެ ރަށުގެ ރައްޔިތުންވެސް ވަނީ އިހުތިިޖާޖުކޮށް އަޑުއުފުލާފައެވެ.

އެކަމާ ގުޅިގެން އެޗްއާރްސީއެމްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އަލްމަރްހޫމާ ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން ކޮމިޝަނަށް މި މައްސަލައިގެ ތަހްގީގު ދާގޮތާމެދު ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެ ކޮމިޝަނުން ބެލުމަށް މި މައްސަލަ ކޮމިޝަނުން ތަހުގީގު ކުރަމުންދާކަމަށް އެޗްއާރްސީއެމްއިން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުޚުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން މިހާރު ދިރާސާ ކުރަމުންދާކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ޒަކިއްޔާއަށް ހަމަލާދީ އޭނާ މަރާލި ކަމުގެ އެއްވެސް ހެއްކެތް މިހާތަނަށް ފެންނާން ނެތް ކަމަށް ދާދި ފަހުން ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މަރުވެފައި އޮތްތަނުން ފެނުނު ވަޅީގަ އާއި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށު ތެރޭގައި ތުހުމަތު ކުރެވުނު ނަމަވެސް، ވަޅި އާއި ހެދުމުގައި ގިނަ އަދަދެއްގެ ލޭ ހުރި ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާގެ ކައިރިން ފެނުނު ވަޅީގައި ހުރީ އޭނާގެ ލޭ ކަމަށް ތަހުލީލުތަކުން އެނގޭކަމަށާއި އެހެންނަމަވެސް ވަޅީގެ ފޮރެންސިކް ތަހުލީލުތައް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.

ރަށުގެ ނަރުދަމާ ނިޒާމްގެ ތެރެއިން ފެނުނު ބުރުގާއަކީ ޒަކިއްޔާގެ އެއްޗެއް ކަމަށް އަޑުތައް ފުތުރުނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫންކަން ތަހުގީގަށް ޔަގންްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެއީ ހެކި ނައްތާލުމަށް ކޮށްފައިވާ ކަމެއްކަމަށް އަޑުފެތުރިފައިވީނަމަވެސް ފުލުހުން ބުނެފައިވަނީީ އެ ބުރުގާއަކީ ޒަކިއްޔާ ދިރިއުޅުނު ގެއިން ނަރުދަމާގެ ނިޒާމަށް ދޫކޮށްލާފައިވާ އެއްޗެއް ނޫން ކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ކުށުގެ ވެށިންނާއި، ދިރިއުޅޭ ގެއިން އަދި ޒަކިއްޔާގެ ހަށިގަނޑުން ވެސް އެއްވެސް އިތުރު ފަރާތެއްގެ ފުށުން ލިބިފައިވާ އަނިޔާއެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ޒަކިއްޔާގެ ހަށިގަނޑުގެ ސީޓީ ސްކޭނުން ވެސް ދައްކާ ގޮތުން ހަށިގަނޑަށް އަނިޔާއެއް ނުވަތަ ސުވާލު އުފެދޭ ފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީބުނެފައެވެ.

އެހެންނަމަވެސް ފަހުން ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ބުނެފައެވެ.

ޒަކިއްޔާގެ ހަށިގަނޑު ފެނުނު ހިސާބުގައި، އޭނާގެ ކަރުގައި ވަޅި އަޅާފައިވާއިރު، ވަޅި ވެސް ކައިރީގައި ފެންނަން އޮތެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ގޭގެ ބަދިގެ ކައިރީގައި ހުރި ގުދަނެއްގެ ކައިރިންނެވެ. އަދި އެތަނުގައި މަސް ކެނޑުމަށް ބޭނުންކުރާ ބާވަތުގެ ބޮޑު ވަޅިއެއް އޮތްކަމަށް ވެސް ފާހަގަކުރެވިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: