ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަހުވަދޫ ހައުސިން ޔުނިޓުގެ މަޝްރޫއުގެ ތެރެއިން، ގޯތީގައި ގެއެއް އެޅުމަށް ބޭނުންވާނަމަ ރައީސްގެ ހުށަހެޅުމެއް!

ރައީސުލްުޖުމްހޫެރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދ. ކުޑަހުވަދޫ ކައުންސިލާއި ބައްދަލު ކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތަކުގެ ބޯހިޔާވަހިިކަމުގެ މައްސަލަތައް ހައްލު ކުރުމަށް ގޯތި ދޫކޮށްފައި ހުރިނަމަވެސް، ނަރުދަމާއާއި ފެނުގެ ނިޒާމެއް ގާއިމު ކުރެވިފައި ކުރިން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެެވެ.

އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. ކުޑަހުވަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މީގެ އަހަރެއް ކުރިން ގައުމުގެ އިގްތިސާދު އޮތް ހާލަތާއި މިއަދާއި ވަރަށް ތަފާތުކަމަށެވެ. ރައްޔިތުން ބޭނުންވާ އެތައްކަމެއް ގުޅިފައިވާ ބެޖެޓު ފާސްކޮށްދިނުމުގައި 19 ވަނަ މަޖިލީހުން ހެދި ގޯސްތަކެއްގެ ސަބަބުން އެތައް ދަތިތަކެއް ކުރިމަތިވިކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އޭރުގެ މަޖިލީހުން ބަޖެޓު ފާސްކޮށްދީފައި ވަނީ އެމަނިކުފާނަށް ސަރުކާރުން ހިންގުމަށް ދަތިވާގޮތަށް ކަމަށެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ފާއިތުވި އަހަރު އެމަނިކުފާނު ހޭދަ ކުރަން ޖެހުނީ ދަރަނިތައް އަދާކޮށް އިގްތިސާދީ ހާލަތު ހަމައަކަށް އެޅުވުމަށް ކަމަށެވެ. އެއާއި އެކު އައު އަހަރާއި ކުރިމަތިލީ އައު އުންމީދުތަކާއި އެކު ސިޔާސަތު ތަންފީޒު ކުރެވޭނެ ބަޖެޓެއް އޮވެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ހުސް ވައުދުތަލެއް ވެފައި ނުވާނެކަމަށާއި ކުޑަހުވަދޫގައި އާބަން ސެންޓަރެއް ތަރައްގީ ކުރުމަށް ނިންމެވީ އެ ނިޔަތް އޮވެކަމަށެވެ.

މި ރަށުގައި އުޅޭ ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮަކަމާއި ކުރިއެރުމަށް ބަލައިގެން.. މި ރަށަށް އަދިވެސް ހިޖުރަ ކުރުމަށް ބޭނުންވާނަމަ އަޅުގަނޑުމެން އެކަމަށް އެއްބާރުލުން ދޭނަން.. މި ރަށުގެ ތަރައްގީއަށް ކުރެވޭނެ ކަންކަމުގެ ތެރެއިން، އާބާދީ އެއް ފަސް ކުރުމުގައި ތިބޭފުޅުންނަށް އަޅުގަނޑުމެން އެއްބާރުލުން ދެމުން ގެންދާނަން..

ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތުކަމަށްވާ ބޯހިޔާވަހިކަމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ކުޑަހުވަދޫގެ ރައްޔިތުންގެ ވެސް ކަންބޮޑުވުން ހުރުމާއި އެކު އެކަން ހައްލު ކުރެވޭނެކަމަށެވެ. ގޯތި ލިބިފައިވީ ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމެއް ނެތި، ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ 500 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި، ރައްޔިތުން ބޭނުންވާނަމަ މަޝްރޫއުގެ ތެރެއިން ގޯތީގައި ތިން ކޮޓަރީގެ ގެއެއް އެޅުމަށް ބޭނުންވާ ފަރާތްތަަކަށް ހާއްސަކޮށް ވަކި އަދަދެއް ހަމަޖެހިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: