ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަހުވަދޫގައި ޑޮލަރު އޭޓީއެއްމްއެއް ގާއިމުކޮށްދެއްވުމަށް ރައީސްގެ ވައުދެއް!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދ. ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދ. ކުޑަހުވަދޫއަށް ވަޑައިގެން ރައީސް ވަނީ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފެއެވެ. އޭގެ ތެރޭގައި ބޯހިޔާވަހިިކަމުގެ މައްސަލަ ހައްލު ކުރުމާއި، ކުނި މެނޭޖު ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމު ކުރުން ހިމެނެ އެވެ.

ކުޑަހުވަދޫ ބީއެމްއެލް ބްރާންޗުގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގެ ބިންގާ މި ދަތުރުފުޅުގައި އަޅުއްވައިދެއްވާފައި ވެއެވެ. އެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރަށުގެ ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވެއެވެ.

ރަށުގެ ރައްޔިތުން ބޭނުންވާ އެކި ކަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުޑަހުވަދޫގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވާނެކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވިއިރު އެމަނިކުފާނުގެ އަމާޒަކީ އޭޓީއެމްގެ ހިދުމަތް ނުފެށި ހުރި ރަށްތަކުގައި އެ ހިދުމަތް އަހަރެއްގެ ތެރޭގައި ދޭން ފެށުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: