ބ. ދަރަވަންދޫގައި އެމް.ޑަބްލިޔު.އެސް.ސީ އިން ޤާއިމްކުރި ނަރުދަމާ ނިޒާމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މި ނިޒާމް އިފްތިތާޙްކޮށްދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަބްދުލް މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި ރަށުގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢުގެ ދަށުން ދަރަވަންދޫގައި ނަރުދަމާ ހޮޅީގެ މައި ނެޓްވޯރކް ވެހިކަލް، ޖަންކްޝަން ބަހައްޓައި، އަދި ގޭގޭގައި ނަރުދަމާގެ ކަނެކްޝަން އައުޓް ފޯލް އަޅައި ވަނީ ޤާއިމްކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޕަންޕިންގ ސްޓޭޝަންތައްވެސް ވަނީ ގުޅައިދީފައެވެ. މިއީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާ ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 40.29 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުގެ ސަބަބުން ދަރަވަންދޫގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

