ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރްޓީއައި ގާނޫނުގެ ދަށުން އެމްޑަބްލިއުއެސްސީން ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހާމަކޮށްފި

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެމްޑަބްލިއުއެސްސީން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ ހުރިހާ މައުލޫމާތެއް ހާމަކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، އައިކޮމްއިން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް އެބްޑަބްލިއުއެސްސީން ހާމަކޮށްފައިވާތީ އެކަމަށް ޓަކައި އެ ކުންފުންޏަށް މަރުހަބާ ކިޔައިފައެވެެ.

އައިކޮމްއިން ބުނެފައިވާ ގޮތުގައި، މިއީ އެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް އާންމުކުރި ދައުލަތުގެ ފަސްވަނަ ކުންފުންޏެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ދައުލަތުގެ އިދާރާތަކުގެ ތެރެއިން 42 ވަނަ އިދާރާއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް ސަރުކާރުގެ ވުޒާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ފުރިހަމައަށް ހާމަކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: