ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރު ކޮމިޝަންގެ ތަހުގީގަށް ފުލުހުން އައްޑޫ އާއި މާލޭގެ ބައެއް ގެތަކެއް ބަލައި ފާސްކުރަނީ

ފޮޓޯ: ވަން އޮންލައިން/ މުހައްމަދު އައުޒަމް --- މަރު ކޮމިޝަންގެ ތަހުގީގަށް ފުލުހުން ގެތަކެއް ބަލައި ފާސްކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގުތަކާ ގުޅިގެން ފުލުހުން ގެތަކެއް ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

މިހާރު ވެސް ފުލުހުން ދަނީ މާލޭގެ ހަތަރު ގެއަކަށް ވަދެ ފާސްކުރަމުންނެވެ. އެއީ ސޯސަން މަގުގައި ހުރި ގެއަކާއި މަޖީދީމަގު ސީކްރެޓް ރެސެޕީ ކައިރީގައި ހުރި ގެއެކާއި އީވޯ ކައިރީގައި ހުރި ގެއަކާއި ގާކޮށީގެ ފްލެޓެކެވެ. އެ ތިން ގެއަށް ވެސް ފުލުހުން ވަދެފައިވަނީ މޫނު ނިވާކޮށްގެންނެވެ.

ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް، ތަންތަނާއި މީހުން ބަލާފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ފުލުހުން” އިޒްމިއާ ވިދާޅުވިއެވެ.

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ – ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސާވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޒަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން މި އޮޕަރޭޝަންގައި ބައިވެރިވާ ކަމަށް އިޒްމިއާ ވިދާޅުވި އެވެ. މި އޮޕަރޭޝަން މާލޭގެ އިތުރުން އައްޑޫ ސިޓީގައި ކުރިއަށްދާނެ އެވެ.

އަދި ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ދާއިރު މާލޭ އާއި އައްޑޫ ސިޓީގެ އާއްމު ސަލާމަތީ ކަންކަންވެސް ފުލުހުން އިތުރަށް ވަރުގަދަކޮށްފައިވާނެ ކަމަށެވެ.

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ – ވަގުތު އިމޭޖަސް: އިބްރާހީމް ޝާބިލް

އޮޕަރޭޝަންގައި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސަވިސް ޑިޕާޓްމަންޓާއި، ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޜަނަލް ޕޮލިސިން ކޮމާންޑުގެ ފުލުހުން އަންނަނީ ބައިވެރިވަމުން އެވެ.

ފުލުހުން އެދިފައި ވަނީ އޮޕަރޭޝަނަށް މުހިންމު މައުލޫމާތެއް އޮތް އެއްވެސް ފަރާތެއް ހުރި ނަމަ، 3322111 ނުވަތަ 119 އަށް ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށެވެ.

ރިޟްވާންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ – ފޮޓޯ މިހާރު އޮންލައިން/ ހުސެއިން ވަހީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިލްވާންގެ މައްސަލާގައި އަޅުއްވާ ފިޔަވަޅުތައް ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހައްދުފަހަނައަޅާ މީހުންނާ ދެކޮޅަށް އަޅުއްވާ ފިޔަވަޅުތައް މިއަދުން މިއަދަށް ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދިހައްޔަރުކުރަން ޖެހުނު ކޮންމެ މީހަކު ހައްޔަރު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިއްޔެ ރައީސް ސޯލިހު ވަނީ ކަމާ ގުޅޭ މުއައްސަސާތަކާ ވެސް ބައްދަލު ކުރައްވާފަ އެވެ. ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި ބަންޑާރަ ނައިބާއި ޕްރޮސިކިއުޓާ ޖެނަރަލާއި ފުލުހުން އަދި ރިޔާސީ ކޮމިޝަންގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގައި ރިލްވާންގެ މައްސަލާގައި ހުރިހާ މުއައްސަސާތަކުން އެއް އަޒުމެއްގައި އެެއްބާރުލުން ދިނުމާއެކު މަސައްކަތް ކުރުމަށް އެއްބަސްވެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: