ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިއީ ޕީޖީ ބިޝާމް މަގާމު ދިފާއު ކުރެއްވުމަށް ކުރައްވާ ދައުވާއެއް”

ފޮޓޯ: ރައީސް ޔާމީންގެ ޝަރީއަތް، ދެން އޮންނާނީ އިތުރު އެއް އަޑުއެހުން އެއަށްފަހު ހުކުމް އިއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ އެމްއައިބީ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކަމަށް ބުނެ ކުރާ ދައުވާ ސާބިތުކުރުމަށް ވަރުގަދަ އެއްވެސް ހެއްކެއް ނެތްއިރު މިއީ ޕީޖީގެ މަގާމު ދިފާއު ކުރެއްވުމަށް ކުރައްވާފައިވާ ދައުވާއެއްގެ ގޮތުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ސިފަ ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ ފަސް ވަނަ އަޑުއެހުން ބާއްވާފައި ވަނީ ބުދަ ދުވަހުގެ ހެނދުނުއެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެ މާއްދާގެ ށގެ ދަށުންނެވެ.

އެމަނިކުފާނު ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސް ވަނަ މާއްދާގެ ހގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކަށެވެ. އަދި އެ ދައުވާގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން ބައި މިލިއަން ޑޮލަރުގެ ދެ ޗެކެއް މެދުވެރިކޮށް، ރައީސް ޔާމީންގެ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާ ކުރި ކުރި ކަމަށާއި އެ ފައިސާ ފަހުން އެމަނިކުފާނުގެ ސޭވިން އެކައުންޓަކަށް ބަދަލު ކުރުމަށް ފަހު، ފައިދާ ލިބޭ ގޮތަށް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާ ކުރި ކަމަށެވެ.

އެސްއޯއެފްއިން ޖަމާކުރި ފައިސާ ފޮރުވައި އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތް ނުކުރައްވާކަން ތަކުރާރުކޮށް ރައީސް ޔާމީންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހަދައި ފައިސާ އެ އެކައުންޓްގައި ބަހައްޓަން ނިންމެވީ ހެޔޮ ނިޔަތެއްގައި ކަމަށެވެ. އަދި އެކަމަކީ އޭސީސީއިން ކުރި ކަމެއް ނޫން ކަމަށާއި ދައުލަތަށް ގެއްލުނު ފައިސާއެއް ހޯދަން އޭސީސީއިން ކުރި އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އިސްލާމިކް ބޭންކްގެ އެކައުންޓްގައި ހުރި ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާ ކުރެއްވި ސަބަބުތައް ފާހަގަކޮށް ރައީސް ޔާމީންވަނީ އެ ސަބަބުތަކުގެ ތެރޭގައި އޭސީސީއާއި އެކު ވެވުނު އެއްބަސްވުން ހިމެނޭކަމަށް ވިދާޅުވެފައެވެ. އަދި އެ ފައިސާގައި އެމަނިކުފާނު އަތްލައި، އެ އެހެން އެކައުންޓަކަށް ޖަމާކޮށްފިނަމަ އެމަނިކުފާނު ގާނޫނީ ކުށަކަށް އަރައިގަތީ ކަމަށް ބެލުމުގެ ފުރުސަތު އޮވެދާނެތީ އެ ފައިސާތަކެއް ޖަމާ ކުރެއްވީ ކަމަށާއި ނަމަވެސް އެއީ ހެޔޮ ނިޔަތުގައި ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ބުދަ ދުވަހުގެ އަޑުއެހުމުގައި ދެން އޮތީ ކިތާބީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ޝަފަވީ ހެކިންގެ ހެކި ބަހާ ގުޅޭ ގޮތުން ފާހަގަވި ނުކުތާތައް ބަޔާން ކުރުމެވެ. އެގޮތުން އެންމެ ފުރަތަމަ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ވަނީ އެކަންކަން ފާހަގަކޮށް ވާހަކަ ދައްކަވާފަ އެވެ.

ވަކީލް ފާހަގަ ކުރެއްވި ގޮތުގައި ކުށުގެ އުންސަރުތައް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ސަބަބުން ސާބިތުވާ ކަމަށެވެ. އެގޮތުން އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފޮނުވި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ބެލެވެން އެބަ އޮތް ކަމަށެވެ. އެކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކި ބަހުން ވެސް ބާރު ލިބޭ ކަމަށެވެ.

އެ ފައިސާއާމެދު ޝައްކު އުފެދޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދިޔައީ އެ މައްސަލަ ތަހުގީގު ކުރަމުންކަން ސާބިތުވާން އެބަ އޮތް ކަމަށާއި އެހެންކަމުން އެއީ ކުށެއް ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކު އުފެދޭ ފައިސާތަކެއްކަން ސާބިތުވާ ކަމަށެވެ. އަދި ކުރީގެ ނައިބްރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ޝަރީއަތުގެ މަޖިލީހުގައި ނަގާފައިވާއިރު އެ ދެ މީހުންނަކީ ޖިނާއީ ބޮޑެތި ކުށްތައް ސާބިތުވެފައިވާ ބައެއް ކަމުން އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.

ގާނޫނުގައިވާ ގޮތުން ކުށުގެ އެއް އުންސަރަކީ ކުށެއް ކޮށްގެން ހޯދާފައިވާ ކަމަށް ޝައްކު އުފެދޭ ފައިސާތަކަކަށް ވުމެވެ. އެ ފައިސާތަކަކީ ޝައްކު އުފެދޭ ފައިސާތަކެއްކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާކަން އެނގެން އެބަ އޮތް ކަމަށާއި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ، އެ މައުލޫމާތު ގުޅާފައި ދެއްވި ކަމަށް ރައީސް ޔާމީން ވެސް ވިދާޅުވެފައިވާ ކަމަށް ވަކީލް ފާހަގަ ކުރެއްވި އެވެ. އާސިފް ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ވަތް ފައިސާއަކީ ޣައިރުގާނޫނީ އަަމަލަކުން ހޯދާފައިވާ ފައިސާއެއްކަން، އަދި އެކަން އެނގިހުރެ އެ ފައިސާ ސިއްރު ކުރިކަން، ނުވަތަ އޮޅުވާލުުމުގެ މަގުސަދެއް އޮތްކަން ދައުލަަތަށް ބުނެދެވިފައި ނުވާކަމަށެެވެ.

ރައީސް ޔާމީންގެ އެކައުންޓަށް ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރުކަމަށް ދައުލަތުން ބުނާ އިރު، އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވުމުގެ ކުރިންވެސް އެސްއޯއެފްގެ އެކައުންޓުގައި 800،000 ޑޮލަރު ހުރިކަން ދިފާއީ ވަކީލުން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރައީސް ޔާމީންގެ އެކަައުންޓަށް ވަނީ ދައުވާގައި ބުނާ ގޮތަށް ކަނޑައެޅިގެން ވޮޑަމުލާގެ ފައިސާ ކަމެއްވެސް ދައުލަަތަށް ސާބިތުކޮށް ނުދެވޭނެ ކަމަށާއި ސާބިތުކޮށްދެވޭނެ ގޮތެއްވެސް ނޯންނާނެ ކަމަށް ވަކީލުން ވަނޫ ފާހަގަކުރައްވާފައެެވެ.

ކިތާބީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ޝަފަވީ ހެކިންގެ ހެކި ބަހާ ގުޅޭ ގޮތުން ފާހަގަވި ނުކުތާތައް ބަޔާން ކުރެއްވުމަށް ވާހަކަ ދައްކަވަމުން ދައުލަތުން ބުނެފައިވަނީ ކުށުގެ އުންސަރުތައް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިތަކުގެ ސަބަބުން ސާބިތުވާ ކަމަށެވެ. އެގޮތުން އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފޮނުވި އެއް މިލިއަން ޑޮލަރަކީ ވޮޑުމުލާ ކިޔާ ރަށެއް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ބެލެވެން އެބަ އޮތް ކަމަށެވެ. އެކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކި ބަހުން ވެސް ބާރު ލިބޭ ކަމަށެވެ.

ކުށުގެ ދެވަނަ އުންސަރަކީ ފައިސާގެ އަަސްލު އޮޅުވާލުން ކަމަށާއި އެ އުންސުރު ވެސް ސާބިތުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެއީ އޭސީސީއާއެކު ރައީސް ޔާމީން އުފެއްދެވި އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެއްބަސްވީ އެސްއޯއެފްއިން ޖަމާކުރި ފައިސާ ކަމުގައިވީ ނަމަވެސް ބޭންކް ސްޓޭޓްމެންޓްތަކުން އެނގެނީ އެސްކްރޯ އެކައުންޓަށް ޖަމާކުރީ ބީއެމްއެލްގެ އެކައުންޓަކުން އެހެން ފައިސާތަކެއް ކަމަށެވެ. އަދި އެސްއޯއެފްއިން ޖަމާކުރި ފައިސާތައް އިސްލާމިކް އެކައުންޓްގައި ހުޅުވާފައި އޮތް ރައީސް ޔާމީންގެ ތިން އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އަތުން ރައީސް ޔާމީން ހޯދައްވާފައިވާ ފައިސާތަކެއްކަން އޭނާގެ ހެކި ބަހުން ވެސް އެނގޭ ކަމަށް ވަކީލު ފާހަގަކުރެއްވި އެވެ.

ދިފާއުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލް އާސިފް ވިދާޅުވީ ދައުވާ ސާބިތު ކުރުމަށް، ކުށުގެ ނިޔަތާއި އަމަލު ސާބިތުކޮށްދޭން ޖެހޭ އިރު މަނީ ލޯންޑަރިންގެ އަމަލެއްގެ ގޮތުގައި ރައީސް ޔާމީން ކުރެއްވީ ކޮން އަމަލެއް ކަމެއް ދައުލަތަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައި ނުވާކަށެވެ.

ރައީސް ޔާމީންގެ ވަކީލުން ވެސް ވަނީ އެ ނުކުތާތައް ތަފްސީލްކޮށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވެދެއްވާފަ އެވެ. ރައީސް ޔާމީންގެ ވަކީލު އަލީ ޝާހް ވިދާޅުވީ ކުށުގެ އުންސުރުތައް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެގޮތުން އެ ފައިސާތަކަކީ ޝައްކު އުފެދޭ ފައިސާތަކެއްކަން ނުވަތަ ޝައްކު އުފެދެނީ ކިހިނެއްކަން ވެސް ބުނެ ނުދެވޭ ކަމަށެވެ. އެސްއޯއެފްއިން އެކިއެކި ފަރާތްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ވޮޑެމުލާގެ ފައިސާކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނެތް ކަމަށެވެ. އަދި އެގޮތަށް މިހާތަނަށް އޭސީސީއިން ވެސް އަދި ކޯޓަކުން ވެސް ކަނޑައަޅާފައިނެތް ކަމަށެވެ. އޭގެއިތުރުން ކުށުގެ ދެވަނަ އުންސުރު ކަމަށްވާ ފައިސާގެ އަސްލު އޮޅުވާލުން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައިނެތް ކަމަށް އަލީ ޝާހް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފައިސާ އޮޅުވާލިކަން ދެއްކިފަ ނެތް ކަމަށާއި ދައުލަތަށް ލިބެންޖެހޭ ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރަށް މިހާރު ވެސް އެ ހުރީ ވާސިލްވެވެން ކަމަށެވެ. އެ ފޯރުވައިގެން އޭގެން ފައިދާއެއް ހޯދުމަށް ރައީސް ޔާމީން ނޫޅުއްވާ ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުން ވެސް ވަނީ އެ ނުކުތާތައް ތަފްސީލްކޮށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވެދެއްވާފަ އެވެ. ރައީސް ޔާމީންގެ ވަކީލު އަލީ ޝާހް ވިދާޅުވީ ކުށުގެ އުންސުރުތައް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ. އެގޮތުން އެ ފައިސާތަކަކީ ޝައްކު އުފެދޭ ފައިސާތަކެއްކަން ނުވަތަ ޝައްކު އުފެދެނީ ކިހިނެއްކަން ވެސ ބުނެ ނުދެވޭ ކަމަށެވެ.

އެސްއޯއެފްއިން އެކިއެކި ފަރާތްތަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށާއި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާއަކީ ވޮޑެމުލާގެ ފައިސާކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނެތް ކަމަށެވެ. އަދި އެގޮތަށް މިހާތަނަށް އޭސީސީއިން ވެސް އަދި ކޯޓަކުން ވެސް ކަނޑައަޅާފައިނެތް ކަމަށެވެ.

އޭގެއިތުރުން ކުށުގެ ދެވަނަ އުންސުރު ކަމަށްވާ ފައިސާގެ އަސްލު އޮޅުވާލުން ވެސް ދައުލަތަށް ސާބިތުކޮށްދެވިފައިނެތް ކަމަށް އަލީ ޝާހް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފައިސާ އޮޅުވާލިކަން ދެއްކިފަ ނެތް ކަމަށާއި ދައުލަތަށް ލިބެންޖެހޭ ކަމަށް ޝައްކު ކުރެވޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރަށް މިހާރު ވެސް އެ ހުރީ ވާސިލްވެވެން ކަމަށެވެ. އެ ފޯރުވައިގެން އޭގެން ފައިދާއެއް ހޯދުމަށް ރައީސް ޔާމީން ނޫޅުއްވާ ކަމަށެވެ.

ރައީސް ޔާމީންގެ އަނެއް ވަކީލް އާދަމް އާސިފް ވިދާޅުވި ގޮތުގައި މި ދައުވާއަކީ ސާބިތުކުރުމަށް ވަރުގަދަ އެއްވެސް ހެއްކެއް ނެތްއިރު މިއީ ޕީޖީގެ މަގާމު ދިފާއު ކުރެއްވުމަށް ކުރައްވާފައިވާ ދައުވާއެއް ކަމަށެވެ. މުޅި ހާދިސާގައި ވެސް ރައީސް ޔާމީން އަމަލު ކުރައްވާފައިވަނީ ތެދު ނިޔަތުގައިކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ވެސް ސާބިތުވާ ކަމަށެވެ. ދައުލަތުގެ ހެކިތަކުން ވެސް ސާބިތުވަނީ ރައީސް ޔާމީންގެ ތެދު ނިޔަތާއި މައުސޫމްކަން ކަމަށް އާސިފް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: